ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 251-MS/251/2018/36
ޕަބްލިޝްކުރި ތާރީޚް: 02 މޭ 2018
ޕަބްލިޝްކުރި ގަޑި: 10:58
ސުންގަޑި: 10 މޭ 2018 14:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ ދިއްދޫ ކައުންސިލްގެ 8 ވަނަ ޤުރުއާން ކިޔެވުމުގެ މުބާރާތް

ހއ ދިއްދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މި ކައުންސިލްގެ 8 ވަނަ ޤުރުއާން ކިޔެވުމުގެ މުބާރާތް މި އަހަރު ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ރަމަޟާން މަހުގެ 2 ވަނަ ދުވަހުއެވެ.

ދިއްދޫ ކައުންސިލްގެ ޤުރުއާން ކިޔެވުމުގެ މުބާރާތުން ވަނަވަނައަށް އަންނަ ފަރާތްތަކަށް މީގެ ކުރިން ޤުރުއާން ކިޔެވުމުގެ އަތޮޅު މުބާރާތާއި، ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދިޔަ ނަމަވެސް، މި އަހަރު އެ ފުރުޞަތު ލިބިގެންދާނީ، ހަމައެކަނި 18 އަހަރުން މަތީގެ ފަރާތްތަކަށް ކަމުގައި އަތޮޅު ކައުންސިލުން ވަނީ އަންގަވާފައެވެ. އެހެންކަމުން، ދިއްދޫ ކައުންސިލްގެ 8 ވަނަ ޤުރުއާން މުބާރާތުގައި 18 އަހަރުން މަތީގެ ވީހާ ވެސް ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގަތުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މި ކައުންސިލް އިދާރާގެ ކައުންޓަރުން ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރު 2:00 ގެ ނިޔަލަށް ލިބެން ހުންނާނެއެވެ. އަދި މި ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖްއިން ފޯމް ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. ފޯމް ހުށަހެޅުމުގެ ސުންގަޑި އަކީ 10 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ 2:00 އެވެ.

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

02 މޭ 2018