މަސައްކަތް
ނަންބަރު: (IUL)22-E/22/2018/69
ޕަބްލިޝްކުރި ތާރީޚް: 02 މޭ 2018
ޕަބްލިޝްކުރި ގަޑި: 09:51
ސުންގަޑި: 06 މޭ 2018 13:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އިންޑިވިޖުއަލް ކޮންސަލްޓަންޓް

 

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

  މާލެ، ދިވެހިރާއްޖެ.                                      އިއުލާން ނަމްބަރު:   IUL)22-E/22/2018/69)

ވަޒީފާގެ ފުރުސަތު (ކޮންސަލްޓެންޓް)

ވަރލްޑްބޭންކުގެ އެހީގައި ދިވެހި ސަރުކާރުން ތަންފީޒުކުރާ އެންހާންސިންގ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ވީޑިއޯއެއް ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މަޤާމް:           އިންޑިވިޖުއަލް ކޮންސަލްޓަންޓް

ބޭނުންވާ އަދަދު:            1 (އެކެއް)

މަސައްކަތުގެ މުއްދަތު:   01 މަސް ދުވަސް.

 

ފެންވަރު ނުވަތަ ޝަރުތު:

މި ކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދި ޓާރމްސް އޮފް ޕޭމަންޓް  "ޓަރމްސް އޮފް ރެފަރަންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރެފަރަންސް ގެޒެޓް އިން ނުވަތަ މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ވެބްސައިޓް https://eedp.moe.gov.mv/#/ އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 

އެޕްލިކޭޝަން ހުށަހެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06  މެއި 2018 ގެ 13:00 ގެ ކުރިން  ގާޒީ ބިލްޑިންގް، ގްރައުންޑް ފްލޯރގައި ހުންނަ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓްއަށް އަންނަނިވި ލިޔެކިޔުންތައް ހިމެނޭގޮތަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.        

  1. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް
  2. ކޮންސަލްޓަންސީ ދިނުމަށް އެދި ހުށަހަޅާ ފަރާތުގެ ސީ.ވީ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ
  4. ވެލިޑޭޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރ

ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ކޯޑިނޭޝަން ސަޕޯޓް ޔުނިޓް ( ސީ.އެސް.ޔޫ )، ނަންބަރު : ގާޒީ ބިލްޑިންގ، ގްރައުންޑް ފްލޯރ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މާލެ، ދިވެހިރާއްޖެ

އީމެއިލް :      [email protected]    ފޯން: 3341316 

ކޮންސަލްޓަންސީ ދޭނޭ ފަރާތެއް ހޮވުން:   - މި ކަމަށް ބޭފުޅަކު ހޮވޭނީ ހުށަހަޅާ ލިޔެކިޔުންތައް ބަލާ އިވެލުއޭޓް ކުރުމަށްފަހު އެންމެ ޤާބިލު ފަރާތަށެވެ. މީހަކު ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ގައިޑްލައިންސް: އައި.ބީ.އާރް.ޑީ ލޯނު އަދި އައިޑާ ކްރެޑިޓް އާއި ގްރާންޓް ތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި އަމަލު ކުރާ އުސޫލް ، ޖެނުއަރީ 2011 " ގައި ވާ ގޮތުގެ މަތިންނެވެ.

އިތުރު މައުލޫމާތު:   - މި މަގާމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅުނަމަ މިމިނިސްޓްރީގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓުގެ ނަންބަރު  3341316 އާއި ގުޅުއްވުން އެދެމެވެ.

02 މެއި 2018

 

 

 

02 މޭ 2018