ދިވެހިރާއްޖެ
ނަންބަރ (IUL)414/414/2018/21
އިޢުލާން
މިސްކިތު ކާޕެޓް ބަދަލުކުރުން
މިރަށު މިސްކިތުގައި ކާޕެޓް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރ (IUL)414/414/2018/19 އިޢުލާނާއި ގުޅިގެން ދެވިފައިވާ މައުލޫމާތު ފުރިހަމަ ވެފައި ނުވާތީވެ މިއިޢުލާން ބާޠިލްކޮށް އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދެވިދާނެ ފަރާތްތަކުން 03 މެއި 2018 ވަނަދުވަހުގެ 11.00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 10 މެއި 2018 ވަނަ ދުވަހުގެ 13.00 އަށް މިއިދާރާއަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.
އަދި މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ދެވޭނީ ޤާނޫނު ނަންބަރ 18/2014 ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރި ތަކަށެވެ.
|
ޕޮއިންޓް ދެވޭނެގޮތް |
ޕޮއިންޓްބަހާލެވޭގޮތް |
1 |
މަސައްކަތުގެ އަގު |
60% |
2 |
މަސައްކަތުގެ ތަޖްރިބާ |
10% |
3 |
މަސައްކަތުގެ މުއްދަތު |
30% |
މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ތަމްސީލު ކުރައްވަނީ
ކޮން ކުންފުންޏެއް، އިންވެސްޓްމަންޓެއް ނުވަތަ ވިޔަފާރިއެއްކަން އެގޭނެ ސިޓީއަކާއި، ތަމްސީލް ކުރާނެ ކުންފުނި، އިންވެސްޓްމަންޓް ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި މީގެ އިތުރުން
މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑުގެ އަސްލު ގެންނަންވާނެ އެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރ 6820020 ، 9992894 ,9992073އަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާނުކުރީމެވެ.
14 ޝަޢުބާން 1439
30 އޭޕްރީލް 2018