ވަޒީފާގެ ފުރުޞަތު
ނަންބަރު: F12CA/2018/07
ޕަބްލިޝްކުރި ތާރީޚް: 30 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 09 މޭ 2018 14:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ވޮޗަރު

ވަޒީފާގެ ފުރުޞަތު

ނަންބަރު: F12CA/2018/07

ތާރީޚް: 29  އެޕްރީލް  2018

މަޤާމު

 ވޮޗަރު                                        

ރޭންކް:  އެސް.އެސް 1

ޢަދަދު

 1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަން

 ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ

 -/3100 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

- ސަރވިސް އެލަވަންސް -/1,000 ރުފިޔާ

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %20

- ލިވިންގ އެލަވަންސް -/2550 ރުފިޔާ

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

 

 

1- ލިޔަންކިޔަން ދަތުމާއިއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަރވިއުގައި ޘާބިތުކޮށްދިނުން.

މަޤާމުގެ މަސްއޫލިއްޔަތު

 

 

1- ޑިއުޓީތަކަށް ބަރާބަރަށް ނުކުތުން.

2- ޑިއުޓީކުރަން ފެށުމުގެ ކުރީގައި ކޯޓްގެ ޢިމާރާތުގެ ދޮރުތައް ތަޅުލެވިފައިވޭތޯ ބަލާ ޗެކްކުރުމާއި،   ގޯތިތެރެއަށް އެއްވެސް ބާވަތެއްގެ ގެއްލުމެއް ލިބިފައިވޭތޯ ބަލާ ޗެކްކުރުން.

3- ކޯޓްގެ ޢިމާރާތާއި ގޯތިތެރެއާއި ވަށައިގެންވާ ސަރަޙައްދު ބެލެހެއްޓުން.

4- ހަމަޖެހިފައިވާ އުޞޫލާއި ޚިލާފަށް ކޯޓްގެ ގޯތިތެރެއަށް ތަކެތިވެއްދުމާއި، ތަކެތި ބޭރުކުރިޔަ   ނުދިނުން.

5- ޢިމާރާތާއި، ގޯއްޗަށް އަދި ގޯތީގައި ހުންނަ އެއްޗަކަށް މީހަކު ދީފާނެ ގެއްލުމަކަށް ސަމާލުވެ

   ރައްކާތެރިވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައްކުރުން.

6- ތަނުގެ ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި ވަގުތުން ކުރަންޖެހޭނެކަމަށް ފެންނަ ކަންތައްތަކުގެ މަޢްލޫމާތު، ވީއެންމެ އަވަހަކަށް އެވަގުތަކު ކޯޓްހިންގެވުމާއި ޙަވާލުވެހުރި މެޖިސްޓްރޭޓަކަށް ދިނުން އަދި އެމެޖިސްޓްރޭޓަކު އަންގަވާގޮތެއްގެ މަތިން އެކަމެއް ޙައްލުކުރުން.

7- ޑިއުޓީ ފަށާއިރު ކޯޓްތެރެ ދިއްލާ، އެއާކޯންފަދައެއްޗެއް ޖައްސާފައި ހުރިކަން އެނގެންހުރިނަމަ އެކަން އެވަގުތަކު ކޯޓްހުޅުވުމާ ޙަވާލްވެހުރި މުވައްޒަފަކަށް އެންގުން

8- މަތީގައިވާ މަސައްކަތްތަކުގެ އިތުރުންވެސް ކޯޓުން ޙަވާލުކުރާ ރަސްމީ ކޮންމެ މަސައްކަތެއް

 ޤަވާޢިދުންކުރުން.

 

ހުށަހަޅަންޖެހޭ ތަކެތި

 

 

1- ކުރިމަތިލައްވާފައިވާ ފަރާތުގެ ވަނަވަރު

2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)

3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)

4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)

ސުންގަޑި

 

 

 09 މޭ 2018 ވާ ބުދަ ދުވަހުގެ 14:00 ގެކުރިން  ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.  

އިތުރު މަޢުލޫމާތު

 

 

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ޝަރްޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް މިކޯޓުންނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމަތު ސާފުކުރެއްވުމަށް ގުޅުއްވާނީ ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 6600169 ފޯނަށެވެ.

30 އޭޕްރިލް 2018