ޢާންމު މަޢުލޫމާތު
ނަންބަރު: (OTHR)138-PS2/138/2018/132
ޕަބްލިޝްކުރި ތާރީޚް: 30 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 13:29
ސުންގަޑި: 04 މޭ 2018 00:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މ.މާފަންނުއާގެ އިން ދައުލަތަށް މިލްކުވެފައިވާ ބައި ހުސްކުރުމާއި ގުޅޭ ނޯޓިސް

މ.މާފަންނުއާގެ އިން ދައުލަތަށް މިލްކުވެފައިވާ ބައި ހުސްކުރުމާއި ގުޅޭ ނޯޓިސް

މ. މާފަންނުއާގެ އެވެ ކިޔާ ގޯތީގެ ހުޅަނގުން އާބުރުޒުހިނގުމަށް ވީފަޅިން 2577 އަކަފޫޓުގެ ބަންޑާރަ ބިމާއި މިބިމުގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ ދިވެހި ދައުލަތަށް މިލްކުވެފައިވާ ކަމަށް ސިވިލް ކޯޓުގެ ނަންބަރު 638/Cv-C/2017 ޤަޟިއްޔާއިން ޙުކުމް ކުރައްވާފައިވާތީ، އިސްވެދެންނެވި ބިމުގައި އެއްވެސް ފަރާތެއްގެ އުފުލޭ މުދަލެއް ހުރިނަމަ، މިއަދު (30 އެޕްރީލް 2018) ން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ އެއްޗެއް ގެންދިއުން އެދެމެވެ. މި މުއްދަތު ހަމަވުމުން ނުގެންގޮސް ހުރި ތަކެތި މިނިސްޓްރީގެ ފަރާތުން އެތަނުން ނަގައި، އެއެއްޗެއް ނައްތާލައި ނުވަތަ ނީލަމުގައި ވިއްކާލާނެކަމާއި އިސްވެ ދެންނެވި ބިމުގައި ހުރި އިމާރާތްތައް ތަޅާލައި އެބިން ހުސްކުރާނެކަން އާންމުކޮށް އަންގަމެވެ. މިގޮތުން އެބިމުގައި ހުރި ތަކެތި ހުސްކުރުމުގެ ތެރޭގައި އެތަނުން ނުގެންގޮސް ހުރި އެއްޗެއްސަށް ލިބޭ އެއްވެސް ގެއްލުމަކަށް މި މިނިސްޓްރީގެ ފަރާތުން ޒިންމާ ނުވާނެ ވާހަކަ ދަންނަވަމެވެ.

30 އޭޕްރިލް 2018