ދިވެހިރާއްޖެ
އިޢުލާން
ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުުމުގެ ފުރުޞަތު
ޕްރޮގްރާމްގެ ނަން: ފަހަށް ރައްކާކުރުމާއި އިންވެސްޓްކުރުން
ދާއިރާ: ފަހަށް ރައްކާކުރުން، އިންވެސްޓްކުރުން، އިންވެސްޓްމަންޓް ފުރުސަތުތައް، ސެކިއުރިޓީޒް ޓްރޭޑިންގ، މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމް
ކިޔަވައިދޭ ބަސް: ދިވެހި
ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ: މި ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް.
ތާރީޚާއި ވަގުތު: 09 މެއި 2018 (ބުދަ) ދުވަހުގެ ހެނދުނު 09:00 ން މެންދުރު 13:00 އަށް
ޖާގަ: 30 (ނަން ހުށަހަޅާ ތަރުތީބަށް އިސްކަންދެވޭނެއެވެ)
ފީ: ބައިވެރިވުން ހިލޭ
ތަން: މާލޭގައި
ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަން އެދިވަޑައިގަންނަވާ ފަރާތަކުން، ނަމާއި ފޯނު ނަންބަރު، އީމެއިލް އެޑްރެސް އަދި އައިޑީކާޑުގެ ކޮޕީ 07 މެއި 2018 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން ސީ.އެމް.ޑީ.އޭ ޓްރެއިނިންގ އިންސްޓިޓިއުޓްގެ އީމެެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ.
މި ވާރކްޝޮޕާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ނަންބަރު 3014103 ނުވަތަ 3336619 ފޯނާ ގުޅުއްވުން އެދެމެވެ.
14 ޝަޢުބާން 1439