ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HR/PSM/2018/44
ޕަބްލިޝްކުރި ތާރީޚް: 29 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 17:16
ސުންގަޑި: 03 މޭ 2018 16:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް މެނޭޖަރ- ހިއުމަން ރިސޯސް

މަޤާމް :އެސިސްޓެންޓް މެނޭޖަރ- ހިއުމަން ރިސޯސް
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު                        

މަޤާމް

އެސިސްޓެންޓް މެނޭޖަރ-  ހިއުމަން ރިސޯސް

އަސާސީ މުސާރަ

މަހަކު -/10000 ރުފިޔާ

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

މަޤާމުގެ ރޭންކް

ޓީ.ޕީ1

ބޭނުންވާ ޢަދަދު

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ހިއުމަން ރިސޯސް

އިތުރު ޢިނާޔަތްތައް

ސަރވިސް އެލަވަންސް: ވަޒީފާ އަށް ނިކުންނަ ކޮންމެ ދުވަހަކަށް -/100ރުފިޔާ

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • އަންޑަރގްރޭޖްއޭޓް ޑިގުރީއެއް އޮތުމާއެކު ދާއިރާގެ މަޤާމެއްގައި 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިގެ 8 (އަށެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • މުވައްޒަފުންނާ ބެހޭ ގަވާއިދުތަކާއި، އުސޫލުތަކަށް ތަނުގެ މުވައްޒަފުން އަހުލުވެރިކުރުވައި، އުސޫލުތައް ތަންފީޛުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • މުވައްޒަފުންނަށް ގުޅޭ އެކި ސިޔާސަތުތައް ހެދުމަށް ބޭނުންވާ ރިސާރޗް ހެދުމާއި ސިޔާސަތުތައް އެކުލަވާލުން
  • ޕާރފޯރމަން އެޕްރެއިސަލްއާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރުން
  • ކުންފުނީގެ ޓްރޭނިންގ ނީޑް އެނަރލިސިސް ހެދުމާއި ޓްރޭނިންގ ރިކުއަރމަންޓް އެކުލަވާލުން
  • ކުންފުނީ ހިއުމަން ރިސޯސް ޕޮލިސީ އެކުލަވާލުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
  • ކުންފުނީގެ ޓްރޭނިންގ ރިކުއަރމަންޓާ އެއްގޮތަށް ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
  • ކުންފުނީގެ އޮނިގަނޑު އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތަށް ބޭނުންވާ ރިސަރޗް ހެދުމާއި އަދި އެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުން
  • މުވައްޒަފުންގެ ރިކްރިއޭޝަންއާ ގުޅޭ އެންމެހައި ކަންކަން ރާވައި ހިންގުން

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
  • ޕޮލިސް ރިޕޯޓް
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

  •  އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2018 މެއި 3 ވަނަ ދުވަހުގެ 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210،3000268 އާއި ގުޅުއްވުން އެދެމެވެ.

 

                        13 ޝަޢުބާން 1439

29 އޭޕްރިލް 2018