ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)416-ESMSPR/416/2018/32
ޕަބްލިޝްކުރި ތާރީޚް: 24 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި:
29 އޭޕްރިލް 2018 10:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޙިފްޡުކޮށް އިމާމްވެ ތަރާވީޙް ނަމާދު ކޮށްދޭނެ ޙާފިޡަކު ހޯދަން ބޭނުންވެއްޖެ
މިއިދާރާގެ ނަންބަރ:(IUL)416-ESMSPR/415/2018/27 (12 އެޕްރީލް 2018) އިޢުލާނަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް 2 ވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ.
ޙިފްޡުކޮށް އިމާމްވެ ތަރާވީޙް ނަމާދު ކޮށްދޭނެ ޙާފިޡަކު ހޯދަން ބޭނުންވެއްޖެ
1439 ވަނަ އަހަރު ރަމަޟާންމަހު ގދ. މަޑަވެލީ މަސްޖިދުލް ބަރަކާތު މިސްކިތުގައި ހިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކޮށްދޭނެ ޙާފިޡަކު ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިކަން ކޮށްދެއްވުމަށް އެދި ހުށަހަޅާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ތަކާއިއެކު 29 އެޕްރީލް 2018 ވަނަ ދުވަހުގެ 10:00 ގެކުރިން މަޑަވެލީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
- ހިފްޡުކޮށް (މުސްޙަފްއެކީ ނުބަލައި) އިމާމްވެ ތަރާވީޙް ނަމާދު ކޮށްދޭނެ ބޭފުޅެއްގެ މުސާރައާއި އެކަމަޑޭޝަން އަދި ދަތުރު ޚަރަދު.
- ހިފްޡުކޮށް (މުސްޙަފްއެކީގައި ނުބަލައި) އިމާމުވެ ތަރާވީޙް ނަމާދު ކޮށްދޭނެ ބޭފުޅެއްގެ ނަމާއި އެޑްރެސް އަދި އައިޑެންޓިޓިކާޑުގެ ފޮޓޯ ކޮޕީ.
- ހިފްޡުކޮށް (މުސްޙަފްއެކީގައި ނުބަލައި) އިމާމުވެ ތަރާވީޙް ނަމާދު ކުރެވޭނެ ފަރާތެއްކަން ބަޔާންކޮށްދޭ ކިޔަވައިދޭ މަރުކަޒަކުން ދީފައިވާ ލިޔުމެއް.
- ޙާފިޡުކަމުގެ ސެޓްފިކެޓްގެ ކޮޕީއެއް.
- ރާއްޖޭގައި އުޅޭ ބިދޭސީއެއްނަމަ އެމީހެއްގެ ޕާސްޕޯރޓް ކޮޕީ، ވޯރކްވިސާގެ ކޮޕީ އަދި ޙާފިޡުކަމުގެ ސެޓްފިކެޓްގެ ކޮޕީ.
- ހިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކުރެވޭނެ ދިވެހި ޙާފިޡުންނަށް އިސްކަންދެވޭނެއެވެ.
- އިތުރުމަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި 6840006 ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
24 އޭޕްރިލް 2018