ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)310-CA/310/2018/15
ޕަބްލިޝްކުރި ތާރީޚް: 29 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 03 މޭ 2018 13:00
މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށު ޕިކަޕެއް ވިއްކާނެ ފަރާތެއް ހޯދުމާބެހޭ

މި އިދާރާގެ ނަންބަރު: (IUL)310-CA/310/2018/14 (24 އޭޕްރީލް 2018) އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް މަޢުލޫމާތު ސާފުކުރެއްވުމަށް ބޭފުޅުން ހާޟިރުނުވާތީވެ، އެ އިޢުލާން ބާޠިލްކޮށް ރަށު ޕިކަޕެއް ވިއްކާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

 

 

ވީމާ ރަށު ޕިކަޕެއް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކުން 03 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އަށް މިކައުންސިލަށް ޙާޟިރުވެ މަޢުލޫމާތޫ ސާފުކުރެއްވުމަށްފަހު 08 މެއި 2018 ވާ އަންގާރަ ދުވަހު 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާއިރު ވަޑައިގަންނަވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ގެންނެވުން އެދެމެވެ. އަދި ކުންފުންޏެއްގެ ފަރާތުން ވަޑައިގަންނަވާ ފަރާތެއްނަމަ އެފަރާތަކީ އެކުންފުންޏެއްގެ ފަރާތުން ފޮނުވި ފަރާތެއްކަން އެނގޭނެ ލިޔުމެއް ގެންނެވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.

               އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިއިދާރާގެ ނަންބަރު: 6580020 ފޯނާ ގުޅުއްވުމަށް މަޢުލޫމާތު ސާފުކޮށް ދެވޭނެއެވެ.

 

           ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 އޭޕްރިލް 2018