ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266/266/2018/22
ޕަބްލިޝްކުރި ތާރީޚް: 25 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 13:04
ސުންގަޑި: 06 މޭ 2018 13:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރޯހައުސްތަކުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ

ހދ. ކުޅުދުއްފުށީ ކަނބޯރަނި ހިޔާގައި ޢިމާރާތް ކޮށްފައިވާ 18 ރޯހައުސްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރީގެ އުޞޫލުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

     *  މައުލޫމާތު ސާފުކުރުން – 06 މެއި 2018 ވާ އާދީއްތަ ދުވަހުގެ 13:00

     *  އަންދާސީ ހިސާބު ހުށަހެޅުން – 13 މެއި 2018 ވާ އާދީއްތަ ދުވަހުގެ 13:00

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެންނެވުމަށް ދަންނަވަމެވެ. އަދި ދަންނަވަމެވެ، ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ.  

25 އޭޕްރިލް 2018