ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)258/2018/28
ޕަބްލިޝްކުރި ތާރީޚް: 26 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 03 މޭ 2018 10:30
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1439 ވަނަ އަހަރުގެ ރަމަޟާންމަހު ތަރާވީޙް ނަމާދު ކުރުމަށް ޙާފިޒުން ހޯދުން

1439 ވަނަ އަހަރުގެ ރަމަޟާންމަހު ތަރާވީޙް ނަމާދު ކުރުމަށް ޙާފިޒުން ހޯދުން

 

              1439 ވަނަ އަހަރު ރަމަޟާން މަހު ތިލަދުންމަތީ ދެކުނުބުރީ  ހަނިމާދޫ މަސްޖިދުލް ތަޢުބާގައި އިމާމުވެ ތަރާވީޙް ނަމާދު ކޮށްދޭނެ ހާފިޡެއް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

              ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 03 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ 10:30  އަށް ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްއަށް ވަޑައިގެން އަދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ކަރުދާސް 29 އޭޕްރީލް 2018 ވާ އާދިއްތަ ދުވަހުންފެށިގެން ރަސްމީ ގަޑިތަކުގައި ހަނިމާދޫ ކައުންސިލުން ލިބެންހުންނާނެއެވެ. މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ސަރުކާރު ރަސްމީ ގަޑީގައި 9658057 ނަމްބަރު ފޯނާއިއެވެ.

               މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

26 އޭޕްރިލް 2018