ކުއްޔަށް ދިނުން
ނަންބަރު: (IUL)258/2018/30
ޕަބްލިޝްކުރި ތާރީޚް: 26 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 12:54
ސުންގަޑި: 09 މޭ 2018 11:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ބަނދަރު ސަރަޙައްދުންނާއި ރަށުގެ ޚާއްޞަ ސަރަހައްދު ތަކުން ވަގުތީ ގޮތުން ގާޑިޔާ ހަދައިގެން ވިޔަފާރި ކުރުމަށްޓަކައި ބިން ކުއްޔަށް ދޫކުރުން.

ހަނިމާދޫ ބަނދަރު ސަރަހައްދުންނާއި ރަށުގެ ޚާއްޞަ ސަރަޙައްދު ތަކުން ވަގުތީ ގޮތުން ގާޑިޔާ ހަދައިގެން ވިޔަފާރި  ކުރުމަށްޓަކައި ބިން ކުއްޔަށް ދޫކުރުން

 

            ހަނިމާދޫ ބަނދަރު ސަރަހައްދުންނާއި ރަށުގެ ޚާއްޞަ ސަރަޙައްދުތަކުން ވަގުތީ ގޮތުން ގާޑިޔާ ހަދައިގެން ވިޔަފާރި  ކުރުމަށްޓަކައި ބިން ކުއްޔަށް ދިނުމަށް ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 03 މެއި  2018 ވާ ބުރާސްފަތި ދުވަހުގެ 13.00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 މެއި 2018 ވާ ބުދަ ދުވަހުގެ 11.00 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުންއެދެވެ.  ޕްރޮޕޯސަލް ހުށަހެޅުއްވޭނީ ކުންފުނި، ލޯކަލްއިންވެސްޓްމަންޓް، ކުލަބްޖަމްޢިއްޔާ ނުވަތަ ކޯޕަރޭޓިވް ސޮސައިޓީފަދަ ރެޖިސްޓެޑް ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. ޕްރޮޕޯސަލް ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، މި ކައުންސިލުގެ އިދާރާއަށެވެ.

   މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

26 އޭޕްރިލް 2018