ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)160-A/1/2018/41
ޕަބްލިޝްކުރި ތާރީޚް: 25 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 07 މޭ 2018 13:30
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ މަރްކަޒުގެ ތ. ވިލުފުށީ ގޮތްޕަށް އިދާރީ މަސައްކަތްކުރާނެ ރިސޯސް އެޑްމިނިސްޓްރޭޓިވް އޮފިސަރެއް ބޭނުންވެއެވެ.

އިޢުލާން

 

    ކީރިތި ޤުރްއާނާބެހޭ މަރްކަޒުގެ ތ. ވިލުފުށީ ގޮތްޕަށް އިދާރީ މަސައްކަތްކުރާނެ ރިސޯސް އެޑްމިނިސްޓްރޭޓިވް އޮފިސަރެއް ބޭނުންވެއެވެ.

 

ބޭނުންވާ ޢަދަދު:   1

 

ޝަރުތު:   1- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

އުޖޫރަ:            މަހަކު -/6000

 

 

މަސައްކަތްކުރަންޖެހޭ ވަގުތު:  ދުވާލަކު 6 ގަޑިއިރު

 

 

ބާވަތް:              ކޮންޓްރެކްޓް އުސޫލުން 2 އަހަރު ދުވަހަށް

 

 

ވީމާ، މި މަޤާމްތަކަށް ޝަރުޠުހަމަވާ ފަރާތްތަކުން 2018 މެއި 07 ވާ ހޯމަ ދުވަހުގެ 13.30 ގެ ކުރިން ތ. ވިލުފުށީ ކައުންސިލަށް ނުވަތަ ތ. ވިލުފުށީ ކީރިތި ޤުރުއާނާބެހޭ މަރުކަޒަށް ތަޢްލީމީ ސެޓްފިކެޓްތަކުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީއާއެކު ސިޓީފޮނުއްވުން އެދެމެވެ. މި މަޤާމްތަކަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢްލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

25 އޭޕްރިލް 2018