ދިވެހިރާއްޖެ
ނަންބަރު: IUL)345-CAA/345/2018/14)
އިޢުލާން
- ޑަބްލިޔު މޯލްޑިވްސް ރިސޯޓުން ކުނި ގެނެސްދޭނެ ދޯންޏެއް ހޯދުމާބެހޭ:
މި އިދާރާއިން އަންގާގޮތެއްގެ މަތިން ޑަބްލިއު މޯލްޑިވްސް ރިސޯޓުން ކުނި ގެނެސްދޭނެ ދޯންޏެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 6 މެއި 2018 ވާ އާދިއްތަ ދުވަހުގެ 10:30 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް އަގު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތާއި އަގު ހުށައެޅުމަށް އެހެންފަރާތެއް ފޮނުވާނަމަ ވެރިފަރާތުގެ ސޮއިކޮށްފައިވާ ލިޔުމެއް ފޮނުވަންވާނެއެވެ. ފޮނުވާ އެސްޓިމޭޓް އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ޑަބްލިއު މޯލްޑިވްސް ރިސޯޓުން ކުނިގެނެސްދޭނެ ދޯންޏެއް ހޯދުމާބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ.