ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)7-ADMN/1/2018/31
ޕަބްލިޝްކުރި ތާރީޚް: 25 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 11:20
ސުންގަޑި: 03 މޭ 2018 14:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އައިސްވޯރޕް އީމެއިލް ލައިސަންސް ގަތުމަށް

މިއޮފީހުގައި މިހާރު ބޭނުން ކުރާ އައިސްވޯރޕް އީމެއިލް ސޮފްޓްވެއަރގެ ލައިސަންސް އިތުރުކުރުމަށް ބޭނުންވާތީ މި މަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެ ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ދެންނެވުނު ލައިސަންސާއި ޕޮއިންޓު ދޭނެ އުސޫލާއި އަދި ބިޑާއި ބެހޭ އިތުރު މަޢުލޫމާތު ތިރީގައި މިވާ މިއޮފީހުގެ ވެބްސައިޓުގެ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

http://www.audit.gov.mv/procurement-announcements.aspx

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން  3 މޭ 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 14:00 ގެ ފަހުން އަންދާސީހިސާބު ހުށަހެޅުމަށް ހާޞިރުވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected]  އީމެއިލްއަށް ސުވާލުތައް ފޮނުއްވުން އެދެމެވެ.

25 އޭޕްރިލް 2018