ޢާންމު މަޢުލޫމާތު
ނަންބަރު: 405-A/2018/22
ޕަބްލިޝްކުރި ތާރީޚް: 25 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 09:46
ސުންގަޑި: 02 މޭ 2018 10:00
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ ގޯތިތެރޭގައި ހުރި ރުއްތައް ކުއްޔަށްދިނުމާ ބެހޭ

 

އިޢުލާން

 

ކައުންސިލް އިދާރާގެ ގޯތިތެރޭގައި ހުރި ރުއްތައް ކުއްޔަށްދިނުމާ ބެހޭ

 

 ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާގެ ގޯތިތެރޭގައި ހުރި ރުއްތައް ކުއްޔަށް ނަގާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ މި އިދާރާގެ ގޯތި ތެރޭގައި ހުރި ރުއްތައް ކުއްޔަށް ދެވޭނީ މީލާދީގޮތުން 1 އަހަރު ދުވަހަށެވެ. މަޢުލޫމާތު ސާފުކުރުން އޮންނާނީ 02 މެއި 2018 ވާ ބުދަ ދުވަހުގެ މެންދުރު 10:00 ގައެވެ. ބިޑް ހުށަހެޅުން އޮންނާނީ 03 މެއި 2018 ވާ ބުރާސްފަތި ދުވަހު މެންދުރު 11:00 ގައެވެ. ރުއްތައް ދޫކުރެވޭނީ އެންމެ ރަނގަޅު އަގެއް ހުށަހަޅާ ފަރާތަކަށެވެ. އަދި މި ރުއްތައް ކުއްޔަށްނަގާ ފަރާތުން 1 އަހަރު ދުވަހުގެ ކުލި އެއްފަހަރާ ދައްކާ ނިންމަވަންވާނެއެވެ. އަދި ރުކަކަށް ނުވަތަ ރުއްތަކަށް ގެއްލުންލިބޭފަދަ އެއްވެސް ކަމެއް ކުއްޔަށް ނަގާ ފަރާތުން ކޮށްގެން ނުވާނެއެވެ. އެފަދަކަމެއް ކުއްޔަށްނެގި ފަރާތުން ކޮށްފިނަމަ އެ ރުއްތައް އަނބުރައި ކައުންސިލަށް ނެގޭނެއެވެ. މިގޮތުން ނަގާއިރު ކުއްޔަށްނެގުމަށް ދެއްކި ކުލި (ފައިސާ) އަނބުރާ ނުލިބޭނެ ވާހަކަވެސް ދެންނެވީމެވެ.                                                                                                                 

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.               

                09  ޝައުބާން   1439

                25   އޭޕްރިލް   2018              

25 އޭޕްރިލް 2018