ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)251-MS/251/2018/35
ޕަބްލިޝްކުރި ތާރީޚް: 24 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި:
28 އޭޕްރިލް 2018 16:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޕީއެސްއެމް "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޖޫނިއަރ" ގެ އޮޑިޝަން ހއ ދިއްދޫގައި ބޭއްވުމާ ބެހޭ
ޕީއެސްއެމްގެ ޓީ.ވީ މޯލްޑިވްސްއިން މި އަހަރުގެ ރަމަޟާން މަހަށް ތައްޔާރުކުރާ "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޖޫނިއަރ" ގެ އޮޑިޝަން ހއ ދިއްދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އޮޑިޝަން އޮންނާނީ 28 އެޕްރީލް 2018 ވާ ހޮނިހިރު ދުވަހުއެވެ.
މި އޮޑިޝަންގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންވާ ޢުމުރުން 8 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިން، އައިޑީ ކާޑާ އެކު ހއ. އަތޮޅުގޭގެ މީޓިން ރޫމަށް ވަޑައިގަތުމުން އެކުދިން ރަޖިސްޓްރީ ކޮށްދިނުމުގެ މަސައްކަތް 28 އެޕްރީލް 2018 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 ގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް ޕީއެސްއެމް ޓީވީ މޯލްޑިވްސްއިން އަންގަވާފައިވާތީ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.
8 ޝަޢުބާން 1439 / 24 އެޕްރީލް 2018
24 އޭޕްރިލް 2018