މަސައްކަތް
ނަންބަރު: (IUL)23-AP/23/2018/97
ޕަބްލިޝްކުރި ތާރީޚް: 24 އެޕްރީލް 2018
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 03 މޭ 2018 10:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 2010/15 (ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނު) ދަށުން ހަދަންޖެހޭ ބައެއް ޤަވާއިދުތަކާއި އުސޫލުތައް އެކުލަވައިލުމަށް ގާނޫނީ ލަފާދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޤާނޫނު ނަންބަރު 2010/15 (ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނު) ދަށުން ހަދަންޖެހޭ ބައެއް ޤަވާއިދުތަކާއި އުސޫލުތައް އެކުލަވައިލުމަށް ގާނޫނީ ލަފާދޭނެ ފަރާތެއް  ހޯދުމަށް 16 އޭޕްރިލް 2018 ގައި ކުރެވުނު ނަމްބަރު  (IUL)23-AP/23/2018/88  އިއުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް ވަޑައިގެންފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީވެ އެ އިއުލާން ބާތިލުކޮށް އަލުން ފުރުސަތު ހުޅުވާލީމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 03 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 މެއި  2018 ވާ ހޯމަ ދުވަހުގެ 10:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

08 ޝައުބާން 1439  

24 އެޕްރީލް 2018