ދިވެހިރާއްޖެ
c
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
މާމެންދޫ / ދިވެހިރާއްޖެ ލ.
ނަންބަރ: (IUL)403-A/403/2018/29
އިޢުލާނު
ކުޅިވަރުކުޅޭ ސަރަޙައްދުގައި ލައިޓްޖެހުމާއި މަރާމާތުކުރުން:
ކުޅިވަރުކުޅޭ ސަރަޙައްދު މަރާމާތުކޮށް އެސަރަޙައްދުގައި ލައިޓްޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކޮށްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުމަށް ދަންނަވަމެވެ.
* މަޢުލޫމާތު ސާފުކުރުން: 03 މޭ 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11:00 އަށް
* ޕްރޮޕޯސަލް ހުށަހެޅުން: 10 މޭ 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11:00 އަށް
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑް ނުވަތަ އައިޑީކާޑްގެ ކޮޕީއެއް ގެންނަންވާނެއެވެ. ކުންފުނި، ޖަމުއިއްޔާ، ޖަމާޢަތަކުން ނަމަ ރަޖިސްޓްރީ ކޮޕީގެ އިތުރުން ވަޑައިގަންނަވާ ފަރާތުގެ ކާކުކަން އެނގޭނެ ސަރުކާރުގެ ރަސްމީ ލިޔުމެއް ނުވަތަ އެފަދަ ލިޔުމެއްގެ ކޮޕީ ގެންނަންވާނެއެވެ.
8 ޝަޢުބާން 1439
24 އޭޕްރީލް 2018
ޙުސައިން ޙަބީބު ޢަލީ
ކައުންސިލްގެ ނާއިބު ރައީސް