ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)237-C/237/2018/14
ޕަބްލިޝްކުރި ތާރީޚް: 22 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 09:37
ސުންގަޑި: 03 މޭ 2018 11:00
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. އަތޮޅު ސްޓޭޓް ހައުސް އަށް ދޮރުފޮތި ހޯދުން

މިއަތޮޅު ސްޓޭޓްހައުސްގެ ދޮރުފޮއްޗާއި އެއަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށްއެދި ކުރި މިއިދާރާގެ ނަމްބަރު: (IUL)237-C/237/2018/12 (11 އެޕްރީލް 2018) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިކަން ކޮށްދެވިދާނެ ފަރާތްތަކުން 2018 އެޕްރީލް 29 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 2018 މެއި03 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ފ. އަތޮޅު ސްޓޭޓްހައުސްއަށް ބޭނުންވާ ދޮރުފޮއްޗާއި އެއަށްބޭނުންވާ ތަކެތި ސަޕްލައިކޮށްދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި ގަޑިޖެހިގެން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.

22 އޭޕްރިލް 2018