ކުއްޔަށް ހިފުން
ނަންބަރު: ADM-HR/MPL/2018/94
ޕަބްލިޝްކުރި ތާރީޚް: 23 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 23 މޭ 2018 15:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ފޭދޫއިން ޢިމާރާތެެެެެއް ހޯދުން

ކުއްޔަށް ދޭ ޢިމާރާތެއް ހޯދުން

 

                     މިކުންފުންޏަށް ސ.ފޭދޫ ޝަމްސުއްދީން ބޮޑުތަކުރުފާނު މަގުން (ލިންކްރޯޑް) އޮފީސް ޢިމާރާތަކަށް ބޭނުންކުރެވޭގޮތަށް ހަދާފައިވާ ތަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ މިފަދަތަނެއް ކުއްޔަށް ދޫކުރެއްވުމަށް ބޭނުންފުޅުވާފަރާތްތަކުން 02 މެއި 2018 ވާ ބުދަ ދުވަހުގެ 15:00 ގެކުރިން ތިރީގައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މިކުންފުނީގެ ސ.ފޭދޫ ޕޯސްޓް އޮފީސް ނުވަތަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. 02 މެއި 2018  ވަނަ ދުވަހުގެ 15:00ގެ ފަހުން ޕްރޮޕޯރސަލް ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.

 

ހުށަހަޅުއްވާ ޕްރޮޕޯރސަލްގައި، ތިރީގައިވާ ކަންކަން ހިމެނުން

  • ޢިމާރާތް ބޭނުންވާ ސަރަޙައްދު: ސ.ފޭދޫ (ޝަމްސުއްދީން ބޮޑު ތަކުރުފާނު މަގު، ލިންކް ރޯޑް)
  • ޢިމާރާތުގެ ބޮޑުމިން:700 އަކަފޫޓާ 1000 އަކަފޫޓާ ދޭތެރޭގެ ތަނަކަށް ވުން.
  • ޢިމާރާތަކީ އޮފީސް ހިންގުމަށް ބޭނުން ކުރެވޭ ފަދަ އިމާރާތެއްކަން އެގޭނެ ފޮޓޯ/ކުރެހުން ހުށަހެޅުން
  • ޢިމާރާތުގެ ކުލި
  • ޢިމާރާތް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތު
  • ޢިމާރާތުގެ ކަރަންޓާއި ފެނަށް ވަކި މީޓަރ ބަހައްޓާފަ ހުރިކަން
  • ޢިމާރާތުގައި ވަކިން ފޯންލައިން އަޅާފައި ހުރުން
  • ޢިމާރާތުގައި އެޓޭޗް ފާޚާނާ ހުރުން
  • ·         ޢިމާރާތަގެ ސަލާމަތީ ކަންކަން ހުރި މިންވަރު ހުށަހެޅުން.
  • ·         ޢިމާރާތުގެ ރަޖިސްޓްރީ ކޮޕީ
  • ·         ޢިމާރާތް ކުއްޔަށް ދިނުމަށް ހުށަހަޅާ ފަރާތާ ޢިމާރާތާ ހުރި ގުޅުން
  • ·         ޢިމާރާތާގެ އެތެރެއާއި ބޭރުގެ ފޮޓޯ އަދި ޢިމާރާތުގެ މިންތައް އެގޭ ކުރެހުމެއް ހުށަހެޅުން
  • ނޯޓް: ސަރުކާރުގެ ނުވަތަ ކައުންސިލްއަށް ނިސްބަތްވާ ޢިމާރާތެއްނަމަ އެފަރާތްތަކަށް ޢިސްކަން ދެވޭނެއެވެ.

 

ހުށަހެޅޭ ޕްރޮޕޯރސަލްއަށް ޕޮއިންޓް ދެވޭނެގޮތް ތިރީގައި އެވަނީއެވެ.

  • އަގު: %50
  • ކުއްޔަށްދޭ މުއްދަތު:%20
  • ސެކިއުރިޓީ ގޮތުން ވަރުގަދަ ޢިމާރާތެއްނަމަ: %30

                               

               09  ޝަޢުބާން 1439

                23 އޭޕްރިލް 2018

23 އޭޕްރިލް 2018