ދިވެހިރާއްޖެ
c
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
މާމެންދޫ
ދިވެހިރާއްޖެ
ނަންބަރ: (IUL)403-A/403/2018/26
އިޢުލާނު
ކައުންސިލުން ހިންގާ ފެން ޕްރޮޖެކްޓްގެ ދަށުން 30 ގޭގައި ވޯޓަރ ޕިޔުރިފަޔަރ މެޝިން ހަރުކުރުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަސައްކަތުގެ އަގު އެގޭނެގޮތަށް ކޯޓޭޝަނެއް ތައްޔާރުކޮށް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ކޯޓޭޝަނުގައި މިމަސައްކަތް ނިންމާލެވޭނެ ދުވަސް ފާހަގަކުރަންވާނެއެވެ. ކޯޓޭޝަން ހުށަހަޅަންވާނީ 26 އޭޕްރީލް 2018 ވާ އަންގާރަ ދުވަހުގެ 10:00 އަށެވެ. އެވަގުތު ހުށަހަޅުއްވާ ފަރާތްތަކުގެ ކުރިމަތީގައި ކޯޓޭޝަންތައް ކަނޑައި ހަމަ ކޯޓޭޝަންތަކުގައިވާ މަޢުލޫމާތު ޢާއްމުކުރެވޭނެއެވެ. ކޯޓޭޝަނާއިއެކު ހުށަހަޅާފަރާތުގެ އައިޑީކާޑްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ކުންފުނި، ޖަމިއްޔާ ޖަމާއަތަކުންނަމަ ރަޖިސްޓްރީކޮޕީ ހުށަހަޅަންވާނެއެވެ. އިތުރުމަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި 9999259 ނަންބަރާއި ގުޅުއްވުން އެދެމެވެ.
06 ޝަޢުބާން 1439
22 އޭޕްރީލް 2018
ޙުސައިން ހަބީބު ޢަލީ
ކައުންސިލްގެ ނައިބުރައީސް