ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)403-A/403//2018/25
ޕަބްލިޝްކުރި ތާރީޚް: 22 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 30 އޭޕްރިލް 2018 13:00
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
miskithugai masahkaiy kurumah meehun hoadhumaa behey

c

ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ          

    މާމެންދޫ

   ދިވެހިރާއްޖެ

                                                             

ނަންބަރ: (IUL)403-A/403/2018/25 

އިޢުލާނު

2018 ވަނަ އަހަރަށް ވަގުތީގޮތުން މިސްކިތު މަސައްކަތު މީހުންގެ މަސައްކަތް ކުރުވުމަށް ވަގުތީ މުވައްޒަފުން ނެގުން

         މިސްކިތު މަސައްކަތު މީހުން ޗުއްޓީއާއި، ސަލާމް ނުވަތަ މަސައްކަތަށް ޙާޟިރުނުވާ ޙާލަތުގައި މިސްކިތުގެ މަސައްކަތް 1 އަހަރު ދުވަހުގެ މުއްދަތަށް ( 2018 އޭޕްރީލް 1 ން 2018 ޑިސެންބަރު 31 ށް ) ކޮށްދެވިދާނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކައުންސިލުގެ ނަންބަރު (IUL)403-A/403/2018/24      (05 އޭޕްރީލް 2018) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެމަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން މުއްދަތު ހަމަނުވާ އައިޑީކާޑުގެ ފޮޓޯކޮޕީއާއި، ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއިއެކު 2018 އޭޕްރީލް 30 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ބޭނުންވާ ޢަދަދު: 5

މަޤާމުގެ މުސާރައާއިބެހޭ

މުސާރަ: ގަޑިއިރަކަށް 40.00 ރުފިޔާ ( ސާޅީސް ރުފިޔާ )

އެލަވަންސް: ނެތް

          އަދި ދަންނަވަމެވެ. މިމަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތަކާއި މިކައުންސިލާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ޙަވާލުކުރެވޭނީ ކަނޑައެޅޭ ތަރުތީބަކުންނެވެ.

          މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

                06 ޝަޢުބާން 1439

                22 އޭޕްރީލް 2018

                                                  ޙުސައިން ހަބީބު ޢަލީ                                                            

                                            ކައުންސިލްގެ ނައިބުރައީސް

22 އޭޕްރިލް 2018