ވަޒީފާގެ ފުރުޞަތު
ނަންބަރު: 421/IUL/2018/17
ޕަބްލިޝްކުރި ތާރީޚް: 23 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 12:47
ސުންގަޑި: 10 މޭ 2018 13:00
ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

މި އިޢުލާންވަނީ 23 އޭޕްރިލް 2018 14:19 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

 

ވަޒީފާގެ ފުރުސަތު                            ނަންބަރ: 421/IUL/2018/17

 

މަޤާމް

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރ:

J-246461

ބޭނުންވާ ޢަދަދު

01 ( އެކެއް )

މަޤާމުގެ ރޭންކް:

އެމްއެސް 03

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ގިންތި:

ދާއިމީ

އޮފީސް

ގދ.ވާދޫ ކައުންސިލް އިދާރާ

މުސާރަ:

މަހަކު -/7035

ސަރވިސް އެލަވަންސް:

މަހަކު: 2000.00

ޓެކަނިކަލް ކޯ އެލަވަންސް

މަހަކު -/900

ވަޒީފާ އަދާކުރަންޖެހޭތަން: ގދ.ވާދޫ ކައުންސިލްގެ އިދާރާ

ސެކްޝަން:

ކޯޕަރޭޓް އެފެއަރޒް

މަޤާމުގެ ޝަރުޠު

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތު ދާއިރާއެއްގައި މަދުވެގެން 04 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތު ދާއިރާއެއްގައި މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ން ފެށިގެން މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ކައުންސިލް އިދާރާގެ ޔުނިޓް ތަކުގެ އިދާރީ މަސައްކަތްތައް ރާވައި ވަކި އިންތިޒާމެއްގެ ދަށުން ހިންގާ ބެލެހެއްޓުން
  2. ރަށުކައުންސިލްގެ ވޯކްޕްލޭން / މަސައްކަތު ތާވަލް ތައްޔާރުކުރުމާއި،އެކަމާގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ހިންގާ ބެލެހެއްޓުން
  3. ކައުންސިލް ތަކުގެ ޕާފޯމަންސް އިންޑެކްސް އާއި ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ހިންގާ ބެލެހެއްޓުން
  4. ކައުންސިލުން ހިންގަން ބޭނުންވާ އެންމެހައި ޕްރޮޖެކްޓްތައް ރާވާ ހިންގާ ބެލެހެއްޓުން
  5. ރައްޔިތުންގެ ބައިވެރިވުމާއެކު ރަށުގެ ތަރައްގީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން ތައްޔާރުކުރުމާއި އެކަމާގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ހިންގާ ބެލެހެއްޓުން
  6. ރަށުގެ ތަރައްގީގެ ޕްލޭންއަށް ރިޢާޔަތްކުރެވިގެން ސަރުކާރުން އެކަށައަޅާ މަޝްރޫޢުތަކުގެ ތެރެއިން ރަށުކައުންސިލުން ތަންފީޛްކުރުމަށް ރަށުކައުންސިލާއި ސަރުކާރުން ހަވާލުކުރާ ތަރައްގީގެ މަޝްރޫޢުތައް ޤާނޫނުގައިވަ ގޮތުގެމަތިން ތަންފީޛް ކުރުން
  7. އަހަރީ ރިޕޯޓް 6 މަހުގެ ރިޕޯޓް އަދި މާލީބަޔާން ނިންމަންޖެހޭ ދުވަހަށް ނިންމުން
  8. ކައުންސިލް އިދާރާގެ މުވައްޒަފުންގެ މަސައްކަތް މޮނިޓަރކޮށް ރަގަޅުކުރަންޖެހޭ ކަންކަން ރަގަޅުކޮށް އިސްލާޙް ކުރުން.
  9. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބަލައި އެޕްރައިޒަލް ފޯމް ތައްޔާރުކުރުން.

10. ކައުންސިލުން ހަދާ އެކިއެކި ޤަވާއިދުތަކާއި އުސޫލުތައް ހެދުމާއި،އެކަމާއިގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ހިންގާ ބެލެހެއްޓުން.

11. ބިމާއި ގެދޮރުގެ މައްސަލަތައް ހައްލުކުރުމަށް ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް މުވައްޒަފުންލައްވާ ތައްޔާރުކޮށް ބެލެހެއްޓުން

12. ކައުންސިލްގެ ޕްރޮކިއުމަންޓް ޕްލޭނާއި އެއްގޮތްވާ ގޮތުގެމަތިން ކައުންސިލަށް ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތް ހޯދުމުގެ ކަންކަން ފުރިހަމަކޮށް ބެލެހެއްޓުން

13. ކައުންސިލުން ފޯރުކޮށްދޭންޖެހޭ އެންމެހައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކައުންސިލަށް އެހީތެރިވެ އެއްބާރުލުން ދިނުން

14. ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒްކުރުމުގައި ކައުންސިލަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.އަދިހަވާލުކުރެވޭ މަސައްކަތުގައި ޒިންމާވުން.    

މަޤާމުގެ މަސައްކަތާގުޅޭ ދާއިރާތައް:

އޮފީސް އެޑްމިނިސްޓްރޭޝަން، އެކައުންޓިންގ އެންޑް ފައިނޭންސް،ބިޒްނަސް އެޑްމިނިސްޓްރޭޝަން،ޕްލޭނިންގ އެންޑް ޕްރޮޖެކްޓްސް،ހިއުމަން ރިސޯސް މެނޭޖްމަންޓް،އިންފޯމޭޝަން ޓެކްނޮލޮޖީ،ލީޑަރޝިޕް

އުޖޫރަ އާއި ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުސޫލްތަކާއެއްގޮތަށް ސިވިލް ސަރވިސް މުވައްޒަފުންނަށްދެވޭ ޢިނާޔަތްތައް ދެވޭނެވެ.އަދި އިތުރުގަޑިގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެފައިސާވެސް ހަމަޖެހިފައިވާ އުސޫލުން ލިބޭނެވެ.

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ބެލޭން ކަންތައްތައް:

ލިބިފައިވާ ތަޢުލީމާއި،ތަޖުރިބާ އާއި، އިންޓަރވިއު

އިންޓަރވިއު އޮންނާނެތަނާއި މުއްދަތު:

މިމަޤާމުގެ އިންޓަރވިއު އާއި ޕްރެކްޓިކަލްސް އޮންނާނެ ދުވަހަކާއިތަން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް މިއިދާރާގެ ފަރާތުން އަންގާނެވެ. އަދި އިންޓަރވިއު ކުރުން މިހިނގާ މާރޗް މަހުގައި އޮންނާނެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަން ފޯމް ގދ.ވާދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެވެ. އަދި ސީއެސްސީ ގެ ވެބްސައިޓުން www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެވެ. )
  2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން މަޤާމަށް ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ

( ހ ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ފެންވަރު ބަލާފައިވާ މަތީ ތަޢުލީމުގެ ސެޓްފިކެޓް ތަކުގެ ކޮޕީ ( ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕޮރްގްރާމް ތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕޮރްގްރާމް ތަކުގެއެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސްފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ )

( ށ ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމްދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕޮރްގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ( މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރާކަށް ނުޖެހޭނެއެވެ. ) ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި

 ޓްރާންސްކްރިޕްޓުގެ ކޮޕީ

( ނ ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުންހިންގާ ކޯސްތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ ކުރު މުއްދަތު ތަކުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ.
  2. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. ( ވަޒީފާ އަދާކުރި މުއްދަތާއި،ކުރި މަސައްކަތް އަދި މުވައްޒަފުންގެ ޢަދަދު ބަޔާންކޮށްފައިވާ )
  3. ވަޒީފާއަށްއެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައްފެންނަ އަދި ލިޔެފައިވާ ލިޔުންތައްކިޔަންއެދޭފަދަ ކޮޕީ.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މަޤާމަށް އެދެންވީގޮތާއި ސުންގަނޑި:

މިވަޒީފާއަށް އެދޭފަރާތަކުން ވަޒީފާއަށްއެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު ފޯމްއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް 2018 މެއި 10 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެކުރިން ގދ.ވާދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލުމާތު:

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ސަރުކާރު ބަނދު ނޫން ދުވަސްތަކުގައި 6840005 ނަންބަރު ފޯނަށެވެ.

 

23 އޭޕްރީލް 2018

23 އޭޕްރިލް 2018