މަސައްކަތް
ނަންބަރު: ADM-HR/MPL/2018/88
ޕަބްލިޝްކުރި ތާރީޚް: 23 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 11:01
ސުންގަޑި: 02 މޭ 2018 14:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ބާރކޯޑްސް ހައްދަވައި ދެއްވާނެ ފަރާތެއް ހޯދުން

ބާރކޯޑްސް ޕްރިންޓްކޮށްދެއްވާނެ ފަރާތެއް ހޯދުން

 

     މިކުންފުނީގެ ބޭނުންކުރާ ބާރކޯޑްސް ޕްރިންޓްކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 68ADM-HR/MPL/2018/ (20 މާރޗް 2018) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ،މި އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 

    ވީމާ މި މަސައްކަތްކޮށް ދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 26 އޭޕްރިލް 2018 ވާ ބުރާސްފަތި ދުވަހުގެ 14:00އަށް ޕޯސްޓް ބިލްޑިންގ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު 02 މެއި 2018 ވާ ބުދަ ދުވަހުގެ 14:00އަށް 5ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ގަޑިއަށް ހާޟިރުވެ ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.

           

23 އޭޕްރިލް 2018