މަސައްކަތް
ނަންބަރު: GS55/IU/2018/06
ޕަބްލިޝްކުރި ތާރީޚް: 22 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 07:44
ސުންގަޑި: 01 މޭ 2018 10:00
ކިނބިދޫ ސްކޫލް، ތ. ކިނބިދޫ
ދިވެހިރާއްޖެ
ކުނި އުކައިދޭނެ ފަރާތެއް ހޯދުން

މިސްކޫލުން ކުނީގެ ގޮތުގައި އުކާލަންޖެހޭ ތަކެތި ގޮޑަށް އުކާލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

            ވީމާ،މިކަން ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން  ރަސްމީ ދުވަސްތަކުގެ ހެނދުނު  8:00 ން މެންދުރު 12:00 އަށް މި ސްކޫލަށް ވަޑައިގެން ނުވަތަ 6780095 ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ހޯއްދެވުމަށްފަހު އެ މަސައްކަތް ކޮއްދެވޭނެ އެންމެކުޑަ އަގު ޖައްސަވައި 01 މެއި 2018 ވާ އަންގާރަ ދުވަހު ހެނދުނު 10:00 އަށް އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅާ ފޯމް މި ސުކޫލުން ލިބެންހުންނާއެވެ. އަދި އަގު ހުށަހަޅަން ވަޑައިގަންނަވާ ބޭފުޅުންގެ ޙާޒިރުގައި އަގުބެލުން އޮންނާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6780095 ނުވަތަ 9793372 ނަންބަރަށް ގުޅުއްވުން އެދެމެވެ. މަސައްކަތުގެ މައުލޫމާތު ސްކޫލް އޮފީހުން ލިޔުމުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

22 އޭޕްރިލް 2018