ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: GMIZL/PROC-TA/2018/003
ޕަބްލިޝްކުރި ތާރީޚް: 22 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 22:04
ސުންގަޑި: 26 އޭޕްރިލް 2018 13:00
ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް
ދިވެހިރާއްޖެ
މެޝިނެރީ ގަނެ ސަޕްލައި ކޮށްދެއްވާނެ ފަރާތެއް ހޯދަން

 

އިޢުލާން

ނަމްބަރު: GMIZL/PROC-TA/2018/003

 

މިކުންފުންޏަށް ތިރީގައި ތަފްޞީލްކުރެވިފައިވާ މެޝިނެރީ ސަޕްލައި ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެގެން ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ ތަރުޙީބް ލިބިފައި ނުވާތީވެ އިޢުލާން ނަމްބަރު  (TCL/PROC-TA/2018/10) ބާޠިލްކޮށް އަލުން މި މެޝިނެރީ ގަނެ ސަޕްލައި ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް  ބީލަން ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާ ދަޢުވަތު އަރުވަމެވެ.

މެޝިނަރީ

ބްރޭންޑް

މޮޑެލް

އަދަދު

SKID STEER LOADER

BOBCAT

S450

02

 

ތަފްޞީލް

ތަން

ދުވަސް

ތާރީޚް

ގަޑި

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރވުން

ޖީ.އެމް.އައި.ޒެޑް.އެލް ހެޑް އޮފީސް

ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ

-

23 އޭޕްރީލް 2018 އިން 26

އޭޕްރީލް 2018 އަށް

09:00 އިން  15:00 އަށް

މަޢުލޫމާތު ކަރުދާސް ދޫކުރުން

އާދިއްތަ

29 އޭޕްރީލް 2018

14:00 އިން ފެށިގެން

ޕްރީ ބިޑް މީޓިންގ

ހޯމަ

30 އޭޕްރީލް 2018

10:30 ގައި

ބިޑް ހުށައެޅުން އަދި ބިޑް ހުޅުވުން

އާދިއްތަ

06 މެއި 2018

10:30 ގައި

އަންދާސީ ހިސާބު ހުށަހެޅުއްވުމާއި ގުޅޭ:

  • ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 500.00 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ދައްކަންވާނެއެވެ. ރަޖިސްޓްރޭޝަން ފީއަކީ 'ނޮން ރިފަންޑަބްލް' ފީއެކެވެ. ކުރީ ފަހަރުތަކުގައި ފައިސާދެއްކި ފަރާތްތަކުން ރަޖިސްޓަރީ ކުރެއްވުމުން އިތުރު ފީއަކާ ނުލައި ޑޮކިއުމަންޓް ދޫކުރެވޭނެއެވެ.
  • ބިޑް ސެކިއުރިޓީގެ ގޮތުގައި 25,000 ރުފިޔާ (ފަންސަވީސް ހާސް ރުފިޔާ) ބީލަން ހުށަހަޅުއްވާ އިރު ހުށަހަޅުންވަން ވާނެއެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތު ބިޑް ވެލިޑިޓީ މުއްދަތަށްވުރެ 28 (އަށާވީސް ދުވަސް) އިތުރު ވާންވާނެއެވެ.
  • ބީލަން ކާމިޔާބު ކުރާ ފަރާތުން ޕާރފޯމެންސް ސެކިއުރިޓީގެ ގޮތުގައި އަގުގެ %2.5 (ދެއެއް ޕޮއިންޓް ފަހެއް އިންސައްތަ) ދައްކަންވާނެއެވެ.
  • ބިޑް ކާމިޔާބު ކުރައްވާ ފަރާތުން  ބޭންކް ގެރެންޓީ އެއް  ހުށަހެޅުމުން އެޑްވާންސް ފައިސާގެ ގޮތުގައި އަގުގެ (ފަނަރަ އިންސައްތަ) އަށްވުރެ ބޮޑު ނުވާގޮތަށް އެޑްވާންސް ފައިސާ ހަމަޖައްސައިދެވޭނެއެވެ.
  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
  • ބިޑް ވެލިޑިޓީ މުއްދަތު މަދުވެގެން 90 (ނުވަދިހަ) ދުވަހަށް ވާންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.

 

ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކުންފުނީގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކުއެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން ޕްރޮކިއުމަންޓް ޑިޕާރޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

22 އޭޕްރިލް 2018

06 ޝަޢުބާން 1439

 

ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލި            Fen Building/ 4th floor

އަމީނީމަގު، މާލެ، ދިވެހިރާއްޖެ              Ameenee Magu, Male’, Republic of Maldive 

ފޯން: 3307513،3307515 ފެކްސް: 3307514       Tel: 3307513, 3307515 Fax: 3307514

22 އޭޕްރިލް 2018