ދިވެހިރާއްޖެ
އިޢުލާން
އިޢުލާން ނަންބަރ:WAMCO-OPS/IUL/2018/013
އައްޑޫސިޓީ އަދި ޏ. ފުވައްމުލައް ޓްރާންސްފަރ ސްޓޭޝަނަށް ކުނިއުކަން ވަންނަ އުޅަނދުތަކުން ގޭޓްފީ ނެގުމާގުޅޭ
2018 އޭޕްރިލް 22 ވަނަ ދުވަހުން ފެށިގެން އައްޑޫސިޓީ އަދި ޏ. ފުވައްމުލައް ޓްރާންސްފަރ ސްޓޭޝަނަށް ވަންނަ އުޅަނދުތަކުން ގޭޓްފީ ނެގޭނެކަން އަންގާ، 2018 މާރިޗު 21 ވަނަ ދުވަހު މިކޯޕަރޭޝަންގެ ފަރާތުން ކުރެވުނު އިޢުލާން ނަންބަރު: WAMCO-OPS/IUL/2018/008 އާ ގުޅިގެން އާއްމު ގިނަ ފަރާތްތަކެއްގެ އެދިލެއްވުމުގެ މަތިން އެ އިޢުލާން ބާޠިލްކުރުމަށްފަހު، ގޭޓްފީ ނެގުމަށް ހަމަޖެހިފައިވާ ދުވަސް އަލުން އިޢުލާން ކުރަމެވެ.
އައްޑޫސިޓީ އަދި ޏ. ފުމައްމުލައް ކުނިކޮށްޓަށް ކުނިއުކާލަން ވަންނަ ހުރިހާ އުޅަނދަކުން، 2018 މެއި 01 ވަނަ ދުވަހުން ފެށިގެން ޓްރާންސްފަރ ފީ ނެގުމަށް ހަމަޖެހިފައިވާ ވާހަކަ ޚިދުމަތް ހޯއްދަވާ އެންމެހާފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މިގޮތުން ފީ ނެގޭނީ ކުނި ގެންނަ އުޅަނދުގެ ޓަނޭޖަށް ބަލައި، ކޮންމެ ޓަނަކަށް 100/- ރުފިޔާގެ ރޭޓުންނެވެ. މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ، މިކޯޕަރޭޝަންގެ ހޮޓްލައިން ނަންބަރު 1666 އަށް ގުޅުއްވުން އެދެމެވެ.
06 ޝަޢުބާން 1439
22 އޭޕްރިލް 2018