ދެންނެވުން
ނަންބަރު: 60-ADM/2018/120
ޕަބްލިޝްކުރި ތާރީޚް: 22 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 12:08
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް ކުންފުނީގެ 2017 ވަނަ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާއާ ގުޅޭ

އިޢުލާން

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް ކުންފުނީގެ 2017 ވަނަ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާއާ ގުޅޭ

2017 މެއި 30 ވަނަ ދުވަހު ބޭއްވުނު މިކުންފުނީގެ 2016 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ މިކުންފުނީގެ މައި އޮފީހުގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އަދި، ކުންފުނީގެ ވެބްސައިޓް www.sto.mv އިން ޑައުންލޯޑްކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

ވީމާ، 2017 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާއަށް އިސްލާޙެއް ހުށަހަޅުއްވަން ބޭނުންފުޅުވާ ޙިއްޞާދާރުން، 2018 މެއި 22 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން ކޮމްޕެނީ ސެކްރެޓޭރިއެޓަށް އެޑްރެސްކުރައްވާ ލިޔުމަކުން ކުންފުނީގެ މައި އޮފީހުގެ ރިސެޕްޝަނަށް ނުވަތަ 3344533 ނަންބަރު ފެކްސްއަށް ނުވަތަ [email protected] އީމެއިލް އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

ވިމާ، މިކަން ކުންފުނީގެ އެންމެހާ ޙިއްޞާދާރުންގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ.

 

06 ޝައުބާން 1439

22 އޭޕްރީލް 2018

                             

 

 

22 އޭޕްރިލް 2018