ކުއްޔަށް ދިނުން
ނަންބަރު: FSM-ADV-2018/017
ޕަބްލިޝްކުރި ތާރީޚް: 22 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 11:24
ސުންގަޑި: 29 އޭޕްރިލް 2018 11:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ހުޅުމާލޭ ފިއުލްޝެޑްގެ ރީޓެއިލް ސްޓޯރ ކުއްޔަށް ދިނުމާއި ބެހޭ

 

ހުޅުމާލޭ ފިއުލްޝެޑްގެ ރީޓެއިލް ސްޓޯރ ކުއްޔަށް ދިނުމާއި ބެހޭ

 

ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ފަރާތުން ހުޅުމާލޭގައި ތަރައްޤީ ކޮށްފައިވާ ފިއުލް ޝެޑްގެ ރީޓެއިލް ސްޓޯރ ކުއްޔަށް ދިނުމަށް ބޭނުންވެގެން ކުރެވުނު އިޢުލާނު (ނަންބަރު: FSM-ADV-2018/002) އާއި ގުޅިގެން ހުށަހަޅުއްވާފައިވާ އަގުތައް ކުޑަކަމަށް ފެންނާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.     

ވީމާ، މި ރީޓެއިލް ސްޓޯރ ކުއްޔަށް ބައްލަވައިގަންނަވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 29 އޭޕްރީލް 2018 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 06 މެއި 2018 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

 އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3331457 ނުވަތަ 3331456 އަށް ގުޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

22 އޭޕްރިލް 2018