މުބާރާތް
ނަންބަރު: (IUL)160-A/1/2018/37
ޕަބްލިޝްކުރި ތާރީޚް: 22 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 11:01
ސުންގަޑި: 26 އޭޕްރިލް 2018 14:00
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
'އައްނޫރުލް މުބީން' ބައިނަލް އަޤްވާމީ ޤުރްއާން މުބާރާތާގުޅޭ ( ބައިވެރި ވުމުގެ މުއްދަތު އިތުރު ކުރެވިފައި)

'އައްނޫރުލް މުބީން' ބައިނަލް އަޤްވާމީ ޤުރްއާން މުބާރާތުގައި

ދިވެހިރާއްޖެ ތަމްޘީލު ކުރާ ފަރާތެއް ހޮވުމާބެހޭ

 

މި އަހަރުގެ މޭ 11 ން 17 ށް، ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަށް ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލް އަޤްވާމީ ޤުރްއާން މުބާރާތުގައި ދިވެހިރާއްޖެ ތަމްޘީލު ކުރާނެ ފަރާތެއް ހޮވުމަށް  1 މޭ 2018 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "ތަޞްފިޔާ" ގައި ބައިވެރިވުމަށް ގިނަފަރާތްތަކުން އެދެމުންދާތީ، ތަޞްފިޔާގައި ބައިވެރިވުމުގެ މުއްދަތު 26 އެޕްރީލް ވާ ބުރާސްފަތި ދުވަހުގެ 14:00 އާ ހަމަޔަށް އިތުރު ކުރެވުނުކަން އިޢުލާން ކުރަމެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ؛

  1. ޢުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހެއް ކަމުގައި ވުން.
  2. ތަޖުވީދުމަގުން ރީތިކޮށް ދިގުރާގަށް ކިޔަން އެނގުން

 

ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 އެޕްރީލް 26 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ޤުރުއާނާބެހޭ މަރުކަޒަށް ސިޓީއާއެކު އައިޑީކާޑް ކޮޕީ ހުށަހެޅުއްވުން އެދެމެވެ. 

22 އޭޕްރިލް 2018