ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: IL-PRC/2018/22
ޕަބްލިޝްކުރި ތާރީޚް: 22 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 08:35
ސުންގަޑި: 30 އޭޕްރިލް 2018 16:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީ އަށް ސޮފްޓްވެއަރ ހޯދުމަށް ބޭނުންވެއްޖެ

މި އޮތޯރިޓީ އަށް ތިރީގައި ބަޔާންކޮށްފައިވާ ސޮފްޓްވެއަރ ހޯދުމަށް ބޭނުންވެއެވެ.

 

Supply, Installation, Customization, Implementation and Support of a Middleware Solution for Straight through Processing (STP) of Core Treasury Operations

 

މި ބިޑާ ގުޅޭ ރިކުއަސްޓް ފޮރ ޕްރޮޕޯސަލް  މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv އަށް އަޕްލޯޑް ކުރެވިފައިވާނެއެވެ.

 

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 އޭޕްރިލް 2018 ވާ ހޯމަ ދުވަހުގެ ކުރިން [email protected]އަށް އެފަރާތެއްގެ ތަފްސީލީ މަޢުލޫމާތާ އެކު (ކުންފުނީގެ ނަން، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް) އީމެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ޕްރޮޕޯސްލް ހުށަހެޅުމުގެ ފުރުސަތު ލިބިވަޑައެއް ނުގަންނަވާނެއެވެ

 

މި ބިޑާ ގުޅޭގޮތުން އެއްވެސް ސުވާލެއް ނުވަތަ އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ 10 މޭ 2018 ވާ ބުރާސްފަތި ދުވަހުގެ 16:00  ކުރިން [email protected]އަށް އީމެއިލް ކުރެއްވުން އެދެމެވެ.  

 

ބިޑު ހުށަހަޅުއްވާ ފަރާތްތަކުން 30 މޭ 2018 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ބިޑު ހުށަހަޅުއްވަން ވާނެއެވެ. މި ގަޑީގެ ފަހުން ހުށަހަޅުއްވާ ބިޑްތައް ބަލައެއް ނުގަނެވޭނެއެވެ.

 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

ބޮޑުތަކުރުފާނު މަގު ،

މާލެ 20182،

ދިވެހިރާއްޖެ

 

ބިޑުތައް ހުޅުވުން އޮންނާނީވެސް 31 މެއި 2018 ވާ ބުރާސްފަތި ދުވަހު މިއޮތޯރިޓީގައެވެ.

 

22 އޭޕްރިލް 2018