ދިވެހިރާއްޖެ
ނަންބަރ:IUL)MMPRC/1/2018/20)
އިޢުލާން
2019 ވަނަ އަހަރުގެ ޕްރޮމޯޝަނަލް މެޓީރިއަލްސް ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
މި ކޯޕަރޭޝަންގެ ފަރާތުން 2019 ވަނަ އަހަރު ބައިވެރިވާ ފެއަރތަކާއި އަދި ރާއްޖެ ބޭރުދުނިޔޭގައި އިޝްތިހާރުކުރުމުގެ ބޭނުމުގައި ބާއްވާ އެހެނިހެން އިވެންޓްތަކުގައި ބޭނުންކުރާނެ ޕްރޮމޯޝަނަލް މެޓީރިއަލްސް ޑިޒައިންކޮށް، ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި ކޯޕަރޭޝަނުން ވަކި ސީރިއަލް ނަމްބަރެއް ދީފައިވާ "މަޢުލޫމާތު ޝީޓް" އެއް 2018 އޭޕްރީލް 22 ން 2018 އޭޕްރީލް 26ގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 14:00 އާއި ދެމެދުގެ ވަގުތުތަކުގައި، މި ކޯޕަރޭޝަނުން (ވެލާނާގެ، 4 ވަނަ ފަންގިފިލާ) -/1،000 (އެއްހާސް) ރުފިޔާއަށް ލިބިވަޑައިގަންނަވާނެއެވެ. މި ފައިސާއަކީ އަނބުރާ ލިބޭނެ ފައިސާއެއް ނޫނެވެ. މަޢުލޫމާތު ޝީޓް ގަންނަންވާނީ 2019 ވަނަ އަހަރުގެ ޕްރޮމޯޝަނަލް މެޓީރިއަލްސް ޑިޒައިންކުރުމާއި ތައްޔާރުކޮށްދިނުމަށް އެދި ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަމުގައެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ 2018 މެއި 21 ވަނަ ދުވަހުގެ 13:00 ގައެވެ. ޕްރޮޕޯސަލް ހުށައަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައިގައެވެ. ސިޓީ އުރައިގެ ބޭރުގައި " 2019 ވަނަ އަހަރުގެ ޕްރޮމޯޝަނަލް މެޓީރިއަލްސް ޑިޒައިންކުރުމާއި ތައްޔާރުކޮށްދިނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. ޕްރޮޕޯސަލް ހުށައަޅާފައިވާ ފަރާތްތަކުގެ ނަންތައް އަދި އަގުތައް ހިމެނޭ މަޢުލޫމާތު ޝީޓެއް ޕްރޮޕޯސަލް ހުށައަޅާ ފަރާތްތަކަށް އީމެއިލް ކުރެވޭނެވާހަކަ ދެންނެވީމެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް ތިރީގައިވާ އެޑްރެހަށް ލިޔުއްވުން ނުވަތަ ނަންބަރަށް ގުޅުއްވުން އެދެމެވެ.
އިބްރާހީމް އާސިމް
ޑިރެކްޓަރ
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް
4 ވަނަ ފަންގިފިލާ، ވެލާނާގެ
މާލެ، ދިވެހިރާއްޖެ
ފޯން: 3323228، 3331826
އީ-މެއިލް: [email protected]
03 ޝަޢުބާން 1439
19 އޭޕްރިލް 2018