ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HR/PSM/2018/32
ޕަބްލިޝްކުރި ތާރީޚް: 19 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 15:45
ސުންގަޑި: 26 އޭޕްރިލް 2018 16:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ސީނިއަރ މާކެޓިންގ ޑިޒައިނަރ

މަޤާމް :ސީނިއަރ މާކެޓިންގ ޑިޒައިނަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު                        

މަޤާމު: ސީނިއަރ މާކެޓިންގ ޑިޒައިނަރ

މުސާރަ:

މަހަކު -/8,800 ރުފިޔާ

މަޤާމުގެ ބާވަތް:

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

މަޤާމުގެ ރޭންކް:

ޓީ.ޕީ 2

ބޭނުންވާ ޢަދަދު

01

މަސައްކަތް ކުރަންޖެހޭތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

އީ-ކޮމާރސް އެންޑް މާރކެޓިންގ

އިތުރު ޢިނާޔަތްތައް:

ސަރވިސް އެލަވަންސް: ވަޒީފާ އަށް ނިކުންނަ ކޮންމެ ދުވަހަކަށް - 100/ރުފިޔާ

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • މަޤާމާއި ގުޅޭ ދާއިރާއިން އަންޑަރގްރޭޖްއޭޓް ޑިގްރީއެއް އޮތުން ނުވަތަ މަޤާމާއި ގުޅޭ ދާއިރާގެ ސެކްޝަންގެ އިސް މަޤާމެއްގައި 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • މާކެޓިން މެޓީރިއަލް ޑިޒައިން ކުރުން.
  • ސޯޝަލް މީޑިޔާ އަށް ބޭނުންވާ ގްރެފިކްސް ތައްޔާރުކުރުން.
  • ކޯޕަރޭޓް ބްރޭންޑިންގއަށް ބޭނުންވާ ޑިޒައިން ތައްޔާރުކުރުން.
  • ކުންފުނީގެ އެކި އިވެންޓްތަކަށް ކޮންސެޕްޓް އަދި ބްރޭންޑިންގ ތައްޔާރުކުރުން.
  • ވެބްސައިޓަށް ބޭނުންވާ ގްރެފިކްސް ތައްޔާރުކުރުން.
  • މީޑިޔާ ކިޓްތައް ޑިޒައިން ކުރުން.
  • ކުންފުނީގެ ބްރޭންޑްތައް މާކެޓްކޮށް ޕްރަމޯޓްކުރުމާއި، މާކެޓް ރިސާޗް ހެދުމުގައި އިސްނަގައިގެން މަސައްކަތްކުރުން.
  • ކުންފުނީގެ މީޑިއަމްތަކާއި ހިދުމަތްތަކާއި ޕްރޮގްރާމްތައް ޓާގެޓް މާކެޓްތަކާއި ހަމައަށް ގެންގޮސްދިނުން.
  • ކުންފުނީގެ މީޑިއަމްތަކުގެ ސޯޝަލް މީޑިއާ އަޕްޑޭޓްކުރުމާއި ސޯޝަލް މީޑިއާގެ އިންފްލްއެންސް ހިފެހެއްޓުން.
  • ޓާގެޓްތަކާއި ޓާސްކްތައް ހާސިލްކުރުމަށް އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހީތެރިވުމާއި އެއްބާރުލުން ދިނުމާއި މޯޓިވޭޝަން ދެމެހެއްޓުން.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
  • ޕޮލިސް ރިޕޯޓް
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

  •  އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު   އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަގާމަށް އެދިލައްވާ ފަރާތްތަކުން 2018 އޭޕްރީލް 26 ވަނަ ދުވަހުގެ 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210،3000268 އާއި ގުޅުއްވުން އެދެމެވެ.

 

                        03 ޝަޢުބާން 1439

19 އޭޕްރިލް 2018