ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)7-HRCE/I/2018/29
ޕަބްލިޝްކުރި ތާރީޚް: 19 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 14:50
ސުންގަޑި: 30 އޭޕްރިލް 2018 12:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް (ގްރޭޑް 1)

މަޤާމް :އޮފީސް އެސިސްޓެންޓް (ގްރޭޑް 1)
ބޭނުންވާ އަދަދު :1

މަސައްކަތް ކުރަންޖެހޭތަން

އޮޑިޓަރ ޖެނެރަލްގެ އޮފީސް

ޔުނިޓް

އެޑްމިނިސްޓްރޭޝަން އެންޑް ޕްރޮކިއުމަންޓް ޔުނިޓް

އަސާސީ މުސާރަ

-/3000 (ތިން ހާސް) ރުފިޔާ

ޢިނާޔަތް

1. ސަރވިސް އެލަވަންސް: ހާޒިރުވާ ދުވަހަކަށް -/150 (ސަތޭކަ ފަންސާސް ރުފިޔާ)

2. ލިވިންގ އެލަވަންސް : -/1000 (އެއްހާސް ރުފިޔާ)

އަސާސީ ޝަރުތު

  1. ގްރޭޑް 10 ނިންމާފައި ވުން ނުވަތަ
  2. މަސައްކަތު މީހެއް ނުވަތަ ޕިއޯނެއްގެ މަގާމުގައި 3 އަހަރު ދުވަހު އުޅެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  3. އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.

އެހެނިހެން ޝަރުތު

  1. މިއޮފީހުގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެންއެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮފީހުގައި އަދާކުރާ ވަޒީފާއާ މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ދައުލަތުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއް ކުރާ މީހަކު ކަމުގައި ނުވުން.
  4. ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  5. މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.

މައިގަނޑު މަސްއޫލިއްޔަތުތައް

  1. މިއޮފީހުން އެކި ފަރާތްތަކަށް ފޮނުވާ ސިޓީ އަދި އެހެނިހެން ތަކެތި ރައްދުކޮށްދިނުން.
  2. އޮފީހުން އަންގާގޮތެއްގެ މަތިން އޮފީސް ހުޅުވާ ލެއްޕުން.
  3. އޮފީސް ޢިމާރާތް ސާފުތާހިރުކޮށް ބެލެހެއްޓުމާއި ބެހޭ މަސައްކަތްތަކުގައި އެހީތެރިވުން.
  4. އޮފީހުގެ މަރާމާތްތަކުގެ މަސައްކަތުގައި އެހީތެރިވުން.
  5. އޮފީހަށް ބޭނުންވާ ތަކެތި ގަތުމުގެ މަސައްކަތުގައި އެހީތެރިވުން.
  6. މަޤާމުގެ މަސްއޫލިއްޔަތާގުޅޭ ގޮތުން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ( އެޕްލިކޭޝަން ފޯމު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކައުންޓަރުންނާއި، އޮފީހުގެ ވެބްސައިޓް www.audit.gov.mv އިން ލިބެން ހުންނާނެއެވެ.)
  2. ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ( އެކްރެޑިޓްކޮށްފައި).
  3. ވަކި ފަރާތަކަށް ޚިދްމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ  ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން.
  4. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިޔުން (މިލިޔުން ހުށަހަޅަންޖެހޭނީ އަސާސީ ޝަރުތު ހަމަވެ، ސެޓްފިކެޓް ލިބިފައި ނުވާނަމައެވެ.)
  5. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު).

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ގަޑި

30 އެޕްރީލް 2018 ވާ  ހޯމަ ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް
(ޣާޒީ ބިލްޑިންގގެ 1 ވަނަ ފަންގިފިލާ).

އިތުރު މަޢުލޫމާތު

އިތުރު  މަޢުލޫމާތު  ހޯދުމަށް  ގުޅާނީ،  3348200  ނަންބަރު  ފޯނަށެވެ.  ފެކްސް  ނަންބަރަކީ،  3316430  އެވެ. އީމެއިލް  އެޑްރެހަކީ،  [email protected]  އެވެ.    

19 އޭޕްރިލް 2018