ދިވެހިރާއްޖެ
ރިޕޯޓް ޗާޕްކުރުމާގުޅޭ
މިއޮތޯރިޓީގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓް (ތިރީގައިވާ މަޢުލޫމާތާ އެއްގޮތަށް) ޗާޕްކުރުމަށް ބޭނުންވެއެވެ.
ޢަދަދު: 100 ކޮޕީ (ކުލަކޮށް)
ސަފްޙާގެ ޢަދަދު: 134
ސައިޒް: 265mm x180 mm
ބަނޑޭރި ގަނޑު : 250GSM އާޓް ކާޑުގައި މެޓް ލެމިނޭޝަނާއެކު
އެތެރޭގެ ގަނޑުތައް: 130GSM މެޓް އާޓް ކަރުދާހުގައި
ބައިންޑްކުރުން: ގުލޫ ބައިންޑްކޮށްފައި
އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތައް އިވެލުއޭޓްކުރުމުގައި ޕޮއިންޓް ދޭނެ އުޞޫލު ތިރީގައި މިވަނީއެވެ.
އަގު: %60 (ހުށަހަޅާ އެންމެ ކުޑައަގު)
ތަޖުރިބާ: %25
މުއްދަތު: % 15
ވީމާ، އަހަރީ ރިޕޯޓް ޗާޕްކޮށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 23 އެޕްރީލް 2018 ވާ ހޯމަ ދުވަހުގެ 10:00 އަށް މިއޮތޯރިޓީ (ހ. އޯކިޑް 3 ވަނަ ފަންގިފިލާ / އަމީރު އަޙްމަދު މަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3014110/ 3336619 ނަންބަރު ފޯނާއެވެ.
02 ޝަޢްބާން 1439
18 އެޕްރީލް 2018