ދިވެހިރާއްޖެ
އިޢުލާން
މިކޯޓުގެ ތިންވަނަ ފްލޯގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށް 15 އޭޕްރީލް 2018 ވަނަ ދުވަހު ކުރި ނަންބަރު: 144-A3/2018/345 އިޢުލާނު ބާތިލްކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.
ކުރަންޖެހޭ މަސައްކަތް:
ޖަސްޓިސްބިލްޑިންގް ތިންވަނަ ފުލޯގައި ހިންގަމުންދާ މިކޯޓުގެ އިދާރީ ސެކްޝަންގެ ގޮތުގައި ބޭނުން ކުރަމުންދާ ބަޔާއި އެބައިގެ ކުރިމަތިން ސަވަރރޫމްގެ ގޮތުގައި ބެނުން ކުރަމުން އައި ބަޔާއި ކޯޓަށް ވަންނަން ބޭނުން ކުރަމުންދާ ބޮޑުދޮރާއި އެބަޔާއި ގުޅިފައިވާ ބައި ރޫޅާލާ މިހާރަށް މިކޯޓަށް ބޭނުންވާ ގޮތަށް އެބައި ހަދާ ފުރިހަމަކުރުން.
ވީމާ މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 23 އޭޕްރީލް 2018 ވާ ހޯމަ ދުވަހުގެ 11:00 އަށް ޖަސްޓިސް ބިލްޑިންގ ގްރައުންޑް ފްލޯގައި ހުންނަ ސިވިލްކޯޓުގެ ކައުންޓަރަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 އޭޕްރީލް 2018 ވާ ހޯމަ ދުވަހުގެ 14:00އަށް ޖަސްޓިސް ބިލްޑިންގ ގްރައުންޑް ފްލޯގައި ހުންނަ ސިވިލްކޯޓުގެ ކައުންޓަރަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
03 ޝަޢުބާން 1439
19 އޭޕްރީލް 2018