ދިވެހިރާއްޖެ
އެއާރ ކޯނުތަކެއް ހަރުކޮށްދޭނެ ފަރާތެއް ހޯދުން
މި އިދާރާގެ ނަންބަރު : (IUL)305/305/2018/23 ( 27 މާރިޗު 2018 ) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބޮޑުކަމަށްފެންނާތީ އެ ޢިއުލާނު ބާތިލުކޮށް އަލުން އިޢުލާނު ކުރީމެވެ.
ތިރީގައި ދެންނެވިފައިވާ ތަންތަނުގައި އެއާރކޯނުތަކެއް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
- ރ.މާކުރަތު ހިނަވާގެ 2 އެއާރކޯނު.
- ރ.މާކުރަތު ޕްރީސްކޫލު 2 އެއާރކޯނު.
ވީމާ، މިއެއާރކޯނުތައް ހަރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 19 އެޕްރީލް 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ށް މިއިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 އެޕްރީލް 2018 ވާ ބުދަ ދުވަހު މެންދުރުފަހު 13:30 ށް މިމަސައްކަތް ކޮށްދެވޭނެ އަގާއި މުއްދަތު އެނގޭ ގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާން ކުރައްވާ ސިޓީ ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަންބަރު: 18/2014 ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ކަމުގައި ދެންނެވީމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.