މަސައްކަތް
ނަންބަރު: (IUL)350-SA/350/2018/32
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި:
02 މޭ 2018 13:00
އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އޮޑިހަރުގެ / ބަނޑަހަގެތައް ނައްތާލުން
ބިމާބެހޭ ޤާނޫނާ ޤަވާޢިދާއި، އުސޫލުތަކާއި، ލޭންޑް ޔޫސް ޕްލޭނާއި ޚިލާފަށް އިޖުތިމާޢީ ސަރަހައްދުތަކުގައި ހަދާފައިހުރި އޮޑިހަރުގެ / ބަޑަހަގެ ފަދަ ތަންތަން ނައްތާލާނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާނު ނަންބަރ (IUL)350-SA/350/2018/24 އާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑު ހުށަހަޅާފައި ނުވާތީއާއި އިޢުލާނު ނަންބަރ (IUL)350-SA/350/2018/27 އާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފޮކޮއްފައި ނުވާތީ އެ އިޢުލާނު ބާޠިލުކޮއް އަލުން އިޢުލާނު ކުރަމެވެ.
* މަޢުލޫމާތު ސާފުކުރުން: 23 އޭޕްރިލް 2018 ވާ ހޯމަ ދުވަހުގެ 13:00
* އަންދާސީ ހިސާބު ހުށައެޅުން: 02 މެއި 2018 ވާ އަންގާރަ ދުވަހުގެ 13:00
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
18 އޭޕްރިލް 2018