ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-FT/1/2018/85: ނަންބަރު
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 15 މޭ 2018 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ބާޒާރުގެ އެންމެ ހެޔޮ އަގު ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލުން

(IUL)101-FT/1/2018/85 :ނަންބަރު

 

އިޢުލާން

 

ބާޒާރުގެ އެންމެ ހެޔޮ އަގު ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލުން

 

                       ރަމަޟާން މަހުގައި، މުދަލުގެ އަގުތަކާއި ބެހޭގޮތުން އާންމުންނަށް މަޢުލޫމާތު ދިނުމަށްޓަކައި "ބާޒާރުގެ އެންމެ ހެޔޮ އަގު" މި ނަމުގައި، ފާއިތުވީ އަހަރުތަކުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމް މިއަހަރުވެސް ކުރިއަށް ގެންދިއުމަށް މި މިނިސްޓްރީން ވަނީ ނިންމާފައެވެ. މި ޕްރޮގްރާމްގެ މަޤްޞަދަކީ، އެއްބާވަތެއްގެ މުދާ ތަފާތު އަގުތަކުގައި ލިބެންހުންނައިރު އެންމެ އަގު ހެޔޮކޮށް މުދާ ލިބެންހުންނަ ފިހާރަތަކާބެހޭ މަޢުލޫމާތުތައް އާންމުންނާއި ހިއްސާކޮށް މިކަމުގައި ރައްޔިތުންނަށް ފަސޭހަކޮށްދިނުމެވެ.

                        މި މަސައްކަތް ކުރިއަށް ގެންދެވޭނީ ރާއްޖޭގައި ކާބޯތަކެތި ހޯލްސޭލް އަދި ރީޓެއިލްކުރާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުމާއި، ބައިވެރިވުމާ އެކުގައެވެ.

 

މިއަހަރުގެ "ބާޒާރުގެ އެންމެ ހެޔޮ އަގު" ޕްރޮގްރާމް ކުރިއަށް ގެންދާނޭ އުޞޫލް ތިރީގައި މިވަނީއެވެ.

 

  1. މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިކަމަށް އެދި މިނިސްޓްރީގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

 

  1. ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުން ވިއްކާ މުދަލުގެ އަގުތައް މީޑިއާ، މިނިސްޓްރީގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް އާންމުކުރެވޭނެއެވެ.

 

  1. މީޑިއާ މެދުވެރިކޮށް އަގުތައް އިއުލާން ކުރެވޭނީ މިޕްރޮގްރާމްގައި ބައިވެރިވުމަށް ރަޖިސްޓަރީ ކޮށްފައިވާ ފިހާރަތަކުން، މިމިނިސްޓްރީން ކަނޑައަޅާފައިވާ މުދަލުގެ ލިސްޓުގައި ހިމެނޭ މުދަލުގެ އަގުތައް، އަގުތަކަށް އަންނަ ބަދަލުތަކާއެކު މިނިސްޓްރީއަށް ފޮނުވުމުންނެވެ. މި މައުލޫމާތު، ބަލައިގަންނާނީ، މިނިސްޓްރީން މިކަމަށް ކަނޑައަޅާ ވެބް ޕޯޓަލް މެދުވެރިކޮށެވެ.

 

  1. ކޮންމެ ދުވަހެއްގެ 11:00 ގެ ކުރިން ލިބޭ މަޢުލޫމާތުތައް ދިރާސާކުރުމަށްފަހު، ލިސްޓްގައި ހިމެނޭ ތަކެތި (ބްރޭންޑްތައް ނުހިމަނާ) އެންމެ ހެޔޮ އަގުގައި ލިބެންހުންނަ ފިހާރައެއް ނުވަތަ ފިހާރަތަކުގެ ނަމާއި، ލިބޭ އަގުތައް މީޑިއާއަށް ފޮނުވޭނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓްގަ އާއި ސޯޝަލް މީޑިއާ ޕްލެޓްފޯންތަކުގައި ޝާއިޢު ކުރެވޭނެއެވެ.

 

  1. "ބާޒާރުގެ އެންމެ ހެޔޮ އަގު" މި ޕްރޮގްރާމްގެ ދަށުން ފޯރުކޮށްދެވޭ މަޢުލޫމާތަކީ، މި ޕްރޮގްރާމަށް ރަޖިސްޓަރީކޮށްފައިވާ ފިހާރަތަކުގެ ތެރެއިން، އެދުވަހެއްގައި މުދާ އެންމެ ހެޔޮ އަގެއްގައި ލިބެންހުރި ތަންތަނާއި އަގުތަކެވެ. އަދި މި މަޢުލޫމާތަކީ ސީދާ ފިހާރަތަކުން މިމިނިސްޓްރީއަށް ދީފައިވާ އަގުތަކެއްކަންވެސް ބަޔާން ކުރެވޭނެއެވެ.

 

  1. މި ޕްރޮގްރާމްގައި ރަޖިސްޓްރީކޮށްފައިވާ ފިހާރަތަކުން ހުށަހަޅާ އަގުތަކަކީ ސައްޙަ އަގުތަކެއްތޯ ބެލުމަށް މިނިސްޓްރީން ރެންޑަމްކޮށް ޗެކް ކުރާނެއެވެ.

                                                               

  1. މިޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމް މިނިސްޓްރީގެ ވެބްސައިޓުން، އަދި މިނިސްޓްރީގެ ކައުންޓަރއިން 16 އޭޕްރީލް 2018 ވަނަ ދުވަހުން ފެށިގެން ލިބެން ހުންނާނެއެވެ. އަދި މި ތާރީޚުން ފެށިގެން ރަޖިސްޓްރީ ކުރެއްވުމުގެ ފުރުޞަތު އޮންނާނެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2018 މެއި 15 ވަނަ ދުވަހުގެ ކުރިން ރަޖިސްޓަރީ ކުރެއްވުން އެދެމެވެ.

                                                              

                       މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިނިސްޓްރީގެ ނަންބަރު 3333154 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

02 ޝަޢުބާން  1439

18  އޭޕްރީލް  2018

18 އޭޕްރިލް 2018