ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-FLBMSDS3/138/2018/34
ޕަބްލިޝްކުރި ތާރީޚް: 18 އެޕްރީލް 2018
ޕަބްލިޝްކުރި ގަޑި: 11:55
ސުންގަޑި: 25 އެޕްރީލް 2018 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ފުވައްމުލައް ސިޓީ ދޫނޑިގަން "ލުއި" ރަޖިސްޓްރީ އާއި ބެހޭ:

ފުވައްމުލަކު ދޫނޑިގަން "ލުއި" އެވެ ކިޔާ ގޯއްޗަށް ހަދާދީފައިވާ ނަންބަރ 8/203 (05 ޖޫން 1995) ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން ފުވައްމުލަކު ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާރޓްމަންޓް / ސައުތު ސެކްޝަނަށްވަނީ ހުށަހަޅާފައެވެ.

ވީމާ، މި ދެންނެވި ލުއި ގޯތީގެ ރަޖިސްޓްރީ އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ 25 އެޕްރީލު 2018 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ފުވައްމުލަކު ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާރޓްމަންޓް / ސައުތު ސެކްޝަނަށް އަންގަވައިދެއްވުން އެދެމެވެ.

18 އެޕްރީލް 2018