ދިވެހިރާއްޖެ
ސްކޫލް އޮފް ނަރސިންގ
ނަންބަރު:2018/05/MED-153-SN
އިޢުލާން
ސްކޫލް އޮފް ނަރސިންގ އިން ދަރިވަރުންނަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ބޭވުމަށް ހަމަޖެހިފައިވާ މެޑިކަލް ސަރޖިކަލް ނާރސިންގ އެކްސްޓަރނަލް އެގްޒަމިނޭޝަންތަކަށް، އެކްސްޓަރނަލް އެގްޒަރމިނަރުން ބޭނުންވެއެވެ. އެހެންކަމުން މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2018 އެޕްރީލް 24 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން މިސްކޫލަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެގްޒާމްތަށް ކުރިއަށް ދާނީ 2018 މޭ 05 އިން 2018 މޭ 10 ގެ ނިޔަލަށެވެ.
ފެންވަރު ނުވަތަ ޝަރުތު: ގުޅޭ ދާއިރާއިން އެންމެ ދަށްވެގެން ޑިގްރީ ނުވަތަ އެއާއި އެއްވަރު ސަނަދެއް ޙާޞިލް ކޮށްފައިވުމާއި އެކު 2 އަހަރު ދުވަހުގެ ގުޅުން ހުރި ދާއިރާގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.
ހުށަހަޅަންޖެހޭ ލިއުންތައް:
1. ތަޢުލީމު ފުރިހަމަ ކޮށްފައިވާކަމުގެ ސަނަދު (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަޞްލު)
2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ