ދިވެހިރާއްޖެ
ޕަބުލިކު ސަރވިސް މީޑިއާއަށް ދޫކޮށްފައިވާ 10’000 އަކަފޫޓްގެ ކަރަންޓާއި ،ފެންވަޅެއް ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށްކޮށްފައިވާ މިއިދާރާގެ ނަންބަރ:(IUL)374-C/374/2018/47 : (12 އޭޕްރީލް 2018 ) ގެ އިއުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤްވެރިވެވަޑައިގަންނަވާ ބޭފުޅުން 2018 އޭޕްރީލް 24 ވާއަންގާރަ ދުވަހުގެ11:00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2018 އޭޕްރީލް 26 ވަނަ ދުވަހުގެ 11:00 މިއިދާރާއަށް ވަޑައިގެން މިމަސްކަތްތައް ކޮށްދެއްވާނޭ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ޕަބްލިކު ސަރވިސް މީޑިއާގެކަރަންޓްލުމާއި ފެންވަޅެއް ބަހައްޓައިދިނުމުގެ މަސައްކަތަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އެހެންމީހެއްގެ ހަވާލުގައި އަންދާސީ ހިސާބު ހުށަހަޅަން ބޭނުންފުޅުވާނަމަ އަންދާސީ ހިސާބު ހުށަހެޅުމުގެ 01 ގަނޑިއިރުކުރިން އެކަން ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ސޮޔާއި އެކު މިއިދާރާއަށް ހުށަހަޅަންވާނެއެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.