މަސައްކަތް
ނަންބަރު: (IUL) 25-A2/25/2018/15
ޕަބްލިޝްކުރި ތާރީޚް: 17 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 13:13
ސުންގަޑި: 22 އޭޕްރިލް 2018 11:30
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ނެޓްވޯކް ސެކިއުރިޓިއަށް ބޭނުންވާ ސޮފްޓްވެއަރ އަދި ހާޑްވެއަރ ހޯދުމަށް

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ

 

 (IUL) 25-A2/25/2018/15 :  ނަންބަރު 

 

 

ނެޓްވޯކް ސެކިއުރިޓީއަށް ބޭނުންވާ ހާޑްވެއަރ އާއި ސޮފްޓްވެއަރ ހޯދުމަށް


 

 އަންދާސީހިސާބު ބޭނުންވެއްޖެ

 

މި މިނިސްޓްރީގެ ނެޓްވޯކް ސެކިއުރިޓީއަށްބޭނުންވާ ހާޑްވެއަރ އާއި ސޮފްޓްވެއަރ ހޯއްދަވައިދެއްވާނެ ފަރާތެއް ބޭނުންވެގެން ކުރެވުނު އިއުލާން ނަމްބަރ: (IUL) 25-A2/25/2018/13  ( 20 މާރިޗު 2018 ) އާ ގުޅިގެން އެއްވެސް ފަރާތަކުން އަގުހުށަހަޅާފައި ނުވާތީ، މި ތަކެތި މިއޮފީހަށް ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

 

ވީމާ، މިތަކެތި މިއޮފީހަށް ފޯރުކޮށްދެއްވައި އިންސްޓޯލް ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 22 އެޕްރީލް 2018 އާދިއްތަ ދުވަހުގެ 11:30 އަށް މިނިސްޓްރީއަށް ވަޑައިގެން ނަންނޯޓްކުރައްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 އެޕްރީލް 2018 ވާ ހޯމަ ދުވަހުގެ 11:30 އަށް މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީއަށް ވަޑައިގެން ނަންނޯޓްކުރައްވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ  3323400 ނަންބަރު ފޯނާއެވެ.   

 


17 އެޕްރީލް 2018

17 އޭޕްރިލް 2018