ދިވެހިރާއްޖެ
މިނިސްޓްރީގެ ފަރާތުން ބަލަހައްޓަމުން އަންނަ ރަސްރަނި ބަގީޗާ އާއި ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން އަދި އެސިސްޓަމާ ގުޅޭ ޕަންޕުތައް ކޮންޓްރެކްޓް އުސޫލުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 އެޕްރީލު 19 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 އެޕްރީލު 26 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިނިސްޓްރީ އަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 އެޕްރީލު 19 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އިން ފެށިގެން 2018 އެޕްރީލު 26 ވާ ބުރާސްފަތި ދުވަހުގެ 09:30 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.