މަސައްކަތް
ނަންބަރު: (IUL)13-E/13/2018/87
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި: 01 މޭ 2018 14:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ބަޖެޓު އިންފޯގްރަފީ ތައްޔާރުކުރުމާއި ބަޖެޓު އެޕް އަދި ވެބްސައިޓް އަޕްގްރޭޑްކުރުން

 

ބަޖެޓު އިންފޯގްރަފީ ތައްޔާރުކުރުމާއި ބަޖެޓު އެޕް އަދި ވެބްސައިޓް އަޕްގްރޭޑްކުރުން

 

ޕްރޮޕޯޒަލް ހުށަހެޅުމުގެ ދައުވަތު

ބަޖެޓުގައިވާ މައުލޫމާތު މި މިނިސްޓްރީގެ ފަރާތުން ރައްޔިތުންނަށް ވީހާވެސް ބޮޑަށް ފަހުމްވާގޮތަށް އަދި ފަސޭހައިން ލިބޭނެ ގޮތް ހެދުމުގެ ބޭނުމުގައި 2019 ވަނަ އަހަރުގެ ބަޖެޓާގުޅޭ އިންފޯގްރަފީ ތައްޔާރުކުރުމަށާއި ބަޖެޓު ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަންގެ ޑިޒައިން އިންފޯގްރަފީއާ ގުޅޭގޮތަށް ބަދަލުކުރުމަށް ބޭނުންވެއެވެ. މީގެ އިތުރުން ދައުލަތުގެ ޚަރަދާއި ލިބޭ އާމްދަނީގެ ތަފުސީލު ރައްޔިތުންނަށް ގަވާއިދުން ފޯރުކޮށްދިނުމަށްޓަކައި ބަޖެޓު ވެބްސައިޓް އަދި މޮބައިލް އެޕްލިކޭޝަނަށް އިތުރު ފީޗަރސް ހިމެނުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

މި މަސައްކަތާ ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އަރ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢުކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މައުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން  1 މޭ 2018 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އީމެއިލް އެޑްރެހަށް ޓީ.އޯ.އަރގައިވާ ލިޔުންތަކާއެކު ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ފިސްކަލް އެފެއަރޒް ޑިވިޜަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

އަމީނީމަގު،

މާލެ،  ދިވެހިރާއްޖެ.

ޓެލެފޯން: 3349445

އީމެއިލް އެޑްރެސް: [email protected]

16 އޭޕްރިލް 2018