ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HR/1/2018/49
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 26 އޭޕްރިލް 2018 13:30
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ވޮޗަރު (ނ. އެފް.ސީ.އެސް.ސީ)

އިޢުލާން

މި މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ. 

މަޤާމް:

ވޮޗަރު

މަޤާމުގެ ނަންބަރު:

J- 251172

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

SS 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯރޓް ސްޓާފް ގްރޭޑް 1

ސެކްޝަން

ނ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ

މަޤާމު އޮތް އޮފީސް:

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ

މުސާރަ:

މަހަކު -/3100 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/1000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. ހަމަޖެހިފައިވާ އުޞޫލުން ޝިފްޓް ޑިއުޓީ އެލަވަންސް ފައިސާ

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1) ސެންޓަރުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

2) ހަމަޖެހިފައިވާ އުސޫލުން ސެންޓަރުގެ ދިދަނަގާ ދިދަ ތިރިކުރުން.

3) ބަރާބަރަށް ޑިއުޓީތަކަށް ޙާޒިރުވުމާއި ސެންޓަރުގެ ތެރެއަށް ވަދެނުކުމެ ވާ މީހުން ދެނެގަތުން.

4) ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހާ ކަންތައްތަކަށް އަމަލު ކުރުން.

5) އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުތުތައް:

ލިޔަންކިޔަން އެގުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  • ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.
  • މަޑުމައިތިރިކަމާއެކު މުޢާމަލާތު ކުރެވޭ ފަރާތްތައް.
  • 25 އަހަރާއި 50 އަހަރާ ދެމެދުގެ އުމުރުފުރައިގެ ފަރާތްތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް،  މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ގދ.އެފް.ސީ.އެސް.ސީ އިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.  މި މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށަހަޅާނީ  26 އޭޕްރިލް 2018 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ނުވަތަ ނ. އެފް.ސީ.އެސް.ސީ އަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2018 މޭ މަހުގެ ތެރޭގައި ނ.އެފް.ސީ.އެސް.ސީ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 25% (ފަންސަވީސް އިންސައްތަ).

އިތުރު މަޢުލޫމާތު ހޯދުން:

 މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027529 ނަންބަރު ފޯނަށް، ނުވަތަ 6800778 ނަންބަރު ފޯނަށެވެ.

 

30 ރަޖަބު 1439ހ

16 އޭޕްރިލް 2018މ 

 

16 އޭޕްރިލް 2018