މަސައްކަތް
ނަންބަރު: (IUL)339/339/2018/23
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 12:34
ސުންގަޑި: 24 އޭޕްރިލް 2018 10:00
އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އިޖުތިމާޢީ ސަރަހައްދުތައް ކުނިކަހާނެ ފަރާތެއް ހޯދުން

މިރަށުގެ ދެކުނުއަވަށާ ، އުތުރުއަވަށުގެ އިޖުތިމާޢީ ސަރަހައްދުތައް ކުނިކަހާ ސާފްކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

             ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 އެޕްރީލް 25 ވާ ބުދަ ވަހުގެ  10:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 2018 އެޕްރީލް 26 ވާ ބުރާސްފަތި ވަހުގެ 10:00 އަށް މި އިދަރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ( މި މަސައްކަތް ހަވާލުކުރުމުގައި އަންހެން ބޭފުޅުންނަށް އިސްކަން ދެވޭނެއެވެ. )

 

            އަންދާސީ ހިސާބު ހުށަހަޅުއްވާނީ އެކަމަށް ތައްޔާރުކޮށްފައިވާ " އަންދާސީ ހިސާބު ހުށަހަޅާ " ފޯމުންނެވެ. މަޢުލޫމާތު ސާފްކުރެއްވުމުގެ ބައްދަލުވުމަށް ޙާޒިރުވާ ފަރާތްތަކަށް ފޯމްދޫކުރެވޭނެއެވެ. މަޢުލޫމާތު ސާފްކުރުމުގެ ބައްދަލުވުމަށް ޙާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލްކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ލިޔުމެއް ހުށަހަޅަން ވާނެއެވެ. އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ޙާޒިރުވާ ފަރާތްތަކުގެ ހާޒިރުގައި އެބައްދަލުވުމަގައެވެ.

އަންދާސީ ހިސާބުތަކަށް ޕޮއިންޓު ދިނުމަށް ކަޑައެޅިފައިވާ ގޮތް

މަސައްކަތުގެ އަގު ( އެންމެ ކުޑަކޮށް ހުށަހަޅާ އަގަށް )

60

ޢަމަލީގޮތުން މަސައްކަތްކުރުމަށް ހުށަހަޅާ އަންހެންޓީމަކަށް ( 10 މީހުނަށްވުރެ މަދުނޫން )

30

މަސައްކަތުގެ ތަޖުރިބާ  (ހުށަހަޅާ ލިޔުންތަކަށް)

10

16 އޭޕްރިލް 2018