ވަޒީފާގެ ފުރުޞަތު
ނަންބަރު: MCF/IL/09/2018
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 11:06
ސުންގަޑި: 22 އޭޕްރިލް 2018 12:00
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

                                                އިޢުލާން

 

އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު

މަސްއޫލިއްޔަތު:

 އިދާރީ މަސައްކަތްތައް ކުރުމާއި ޢާންމު ރައްޔިތުންނާއި ކަސްޓަމަރުންނަށް ޖަވާބުދާރީވުން.

 ފެޑަރޭޝަނުން އިންތިޒާމް ކުރާ ޗެސް އިވެންޓްތައް ރާވާ ހިންގުމުގައި އެހީތެރިވުމާއި ސްޓޮކް ބެހެއްޓުމާއި ރިޕޯޓްތައް ތައްޔާރުކޮށް ބެލެހެއްޓުމާއި ރެކޯޑްތައް ބެލެހެއްޓުން.

 މާކެޓިންގގައި އެހީތެރިވުމާއި ފެޑަރޭޝަނުން ހިންގާ ތަމްރީން ޕްރޮގްރާމްތަކުގެ އިދާރީ މަސައްކަތް ބެލެހެއްޓުން.

 ސްޕަރވައިޒަރ ހަވާލުކުރައްވާ މަސައްކަތްތައް ކަނޑައެޅޭ ވަގުތުގެތެރޭގައި ފަރުވާތެރިކަމާއިއެކު ނިންމުން.

ޝަރުތު:

ދައްވެގެން ޖީ.ސީ.އީ އޯ ލެވަލް އިނގިރޭސިން B  ފާސް ލިބިފައި ވުމާއި ހިސާބުން C ފާސް ލިބިފައިވުމާއިއެކު ސާނަވީ އިމްތިހާނުން ދިވެހިން ދައްވެގެން C ފާސް ލިބިފައި ވުން.

މައިކްރޯ ސޮފްޓް އޮފީސް އަދި ކޮރަލްޑްރޯ ރަނގަޅަށް ބޭނުންކުރަން އެގުން.

ގިނަ މަސައްކަތްތަކެއް އެއްފަހަރާ ހިންގުމުގެ ޤާބިލްކަން ހުރި ފަރާތްތަކަށް އިސްކަން ދެވޭނެ.

މުސާރަ:

 ޗެސް ފެޑަރޭޝަނުން ހިންގާ އިވެންޓްތަކުގައި މަސައްކަތް ކޮށްދޭ ދުވަސްތަކަށް އޮފިސަރ އެލަވަންސް 6000.00 ރުފިޔާ ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

ހ. ވަޒީފާއަށް އެދޭ ސިޓީ،

 ށ. ވަނަވަރު،

ނ. އައި.ޑީ ކާޑުގެ ކޮޕީ، އަސްލާއި އެއްގޮތްކަމަށް ތައްގަނޑުޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓްތައް.

ސުންގަޑި:

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 އޭޕްރީލް 22 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، [email protected] އަށް އީމެއިލް އަށެވެ.

16 އޭޕްރިލް 2018