ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-HR/13/2018/84
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 10:41
ސުންގަޑި: 25 އޭޕްރިލް 2018 01:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮންސަލްޓަންޓް

މަގާމު:

ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮންސަލްޓަންޓް

ޑިވިޜަން:

ނޭޝަނަލް ޕޭ ކޮމިޝަން

މުސާރަ:

މަހަކު -/25,000 ރުފިޔާ

ވަޒީފާގެ ބާވަތް:

ފުލްޓައިމް، ކޮންޓްރެކްޓް

މުއްދަތު:

18 މަސް

ބޭނުންވާ އަދަދު:

1 (އެކެއް)

ރަމަޟާން މަހުގެ ޢިނާޔާތާއި ޕެންޝަން:

ޤާނޫނުގައިވާ ގޮތުގެ މަތިން ރަމަޟާން މަހުގެ ޢިނާޔަތް ލިބޭނެއެވެ. އަދި ޤާނޫނުގައިވާ ގޮތުގެ މަތިން ޕެންޝަން ފައިސާ އުނިކުރެވޭނެއެވެ.

ތަޢުލީމާއި ތަޖުރިބާ:

 

ހިއުމަން ރިސޯސް މެނޭޖްމަންޓް ދާއިރާއިން ބެޗްލަރސް ޑިގްރީ ޙާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

 

ނުވަތަ

 

ހިއުމަން ރިސޯސް މެނޭޖްމަންޓް ދާއިރާއިން މާސްޓަރސް ޑިގްރީ ޙާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މަގާމުގެ މަސްއޫލިއްޔަތު:

  1. ދައުލަތުގެ މަގާމުތައް ކްލެސިފައިކޮށް ނޭޝަނަލް ޕަބްލިކް ސެކްޓަރ ޖޮބް ކްލެސިފިކޭޝަން ސިސްޓަމް އެކުލަވާލުން.
  2. ދައުލަތުގެ މަގާމުތަކުގެ ގްރޭޑިންގ ސިސްޓަމް އެކުލަވާލުން.
  3. ދައުލަތުގެ މަގާމުތަކުގެ ނޭޝަނަލް ސްކިލް ލެވެލްތައް ކަނޑައެޅުމާބެހޭ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލުން.
  4. ދައުލަތުގެ އިދާރާތަކުން އެކުލަވާލާ މަގާމުތަކުގެ އޮނިގަނޑުތައް (ކޭޑަރތައް) ނޭޝަނަލް ޕަބްލިކް ސެކްޓަރ ޖޮބް ކްލެސިފިކޭޝަން ސިސްޓަމުގެ ދަށުން އެކުލަވާލުމަށްޓަކައި ބޭނުންވާ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލުން.
  5. މުސާރައިގެ ކުރިއެރުން އަދި ވަޒީފާގެ ކުރިއެރުން ދިނުމަށް ކަނޑައަޅަންޖެހޭ ސިޔާސަތުތައް ކަނޑައެޅުން.
  6. ވަޒީފާއިން ނުވަތަ މެންބަރުކަމުން ވަކިވެގެންދާއިރު ޢިނާޔަތްތައް ދެވޭނެ ސިޔާސަތުތަކާއި މިންގަނޑުތަކާއި ހަމަތައް ކަނޑައެޅުން.
  7. ދައުލަތުގެ މުވައްޒަފުންނަށް މިހާރު ދެމުންގެންދާ އެލަވަންސްތަކާއި އެހެނިހެން އިނާޔަތްތައް ދެމުންގެންދާ މިންގަނޑުތައް އެއްހަމަކުރުމަށްޓަކައި ކަނޑައަޅަންޖެހޭ އުޞޫލުތަކާއި މިންގަނޑުތައް ކަނޑައެޅުން.
  8. ދައުލަތުގެ މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުކުރުމަށް މުވައްޒަފުންނަށް ދެވިދާނެ ޢިނާޔަތްތައް ކަނޑައެޅުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރުން.
  9. ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރުމާއި ކަނޑައަޅަންޖެހޭ ސިޔާސަތުތައް ކަނޑައެޅުން.
  10. ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް މުރާޖަޢާކޮށް، އިޞްލާޙުކުރަންޖެހޭ މުސާރައާއި ޢިނާޔަތް އިޞްލާޙުކުރަން.
  11. އެއްގޮތް ޙާލަތުގައި، އެއްގޮތް އުސޫލުން މަސައްކަތްކުރާ މީހުންނަށް އެއްގޮތް މުސާރައަކާއި އެއްގޮތް ޢިނާޔަތެއް ކަނޑައެޅުމަށްޓަކައި ކުރަންޖެހޭ ދިރާސާތައްކުރުން.
  12. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅުމުގެ ޚަރަދު ހުރި ނިސްބަތަށް ބަލައި، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ޢިނާޔަތްތަކުގެ ތަފާތުކުރުން ގެނެވިދާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމަށްޓަކައި ކުރަންޖެހޭ ދިރާސާތައްކުރުމާއި ކަނޑައަޅަންޖެހޭ އުޞޫލުތަކާއި މިންގަނޑުތައް ކަނޑައެޅުން.
  13. ދައުލަތުގެ އެކި މުއައްސަސާތަކުގެ މުވައްޒަފުންގެ މަސައްކަތުގެ ބުރަކަމާއި، ފަންނުވެރިކަމާއި ފާޑުވެރިކަމާއި، މަސައްކަތުގެ ބާވަތުން އެ މުވައްޒަފަކަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ބަލައި ނިސްބަތުން މުސާރައިގެ ތަފާތުކުރުން ގެނެވިދާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުން.
  14. މުސާރައިގެ ސިޔާސަތުގެ ދަށުން ހަރުދަނާގޮތެއްގައި އިންސާނީ ވަސީލަތް މެނޭޖްކޮށް، އެއާ އެއްގޮތްވާގޮތުގެ މަތިން މަސައްކަތުގެ މާހައުލު ބައްޓަންކުރުމަށްޓަކައި ކުރަންޖެހޭ ދިރާސާތައްކުރުން.

 

އެކްސްޕްރެޝަން އޮފް އިންޓަރެސްޓް:

މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 25 އޭޕްރީލް 2018 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ފޮނުއްވާއިރު ވަނަވަރު، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތުގެ ތަޖުރިބާ އެނގޭނެގޮތަށް ވަޒީފާއަދާކުރާ އަދި ކުރި ފަރާތްތަކުން ދީފައިވާ ލިޔުންތައް، އަދި، ދިރާސާ (ރިސަރޗް) މަސައްކަތްކޮށްފައިވާނަމަ، އެފަދަ ދިރާސާތަކާބެހޭ މަޢުލޫމާތު ހުށަހަޅަންވާނެއެވެ.

 

 

 

ކޯޕަރޭޓް އެފެއާޒް ޑިވިޜަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

އަމީނީ މަގު

މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 3349252 ، 3349335

ފެކްސް: 3324432

އީމެއިލް އެޑްރެސް: [email protected]

16 އޭޕްރިލް 2018